ކުއްޔަށް ހިފުން
ނަންބަރު: (IUL)AEH/AEH/2022/36
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 02 އޭޕްރިލް 2022 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގުދަނެއްގެ ގޮތުގައި ބޭނުންކުރުމަށް 4000 (ހަތަރު ހާސް) އަކަފޫޓާއި 5000 (ފަސްހާސް) އަކަފޫޓާއި ދެމެދުގެ 02 (ދޭއް) އިމާރާތް 01 (އެކެއް) އަހަރު ދުވަހަށް ކުއްޔަށް ހިފުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގުދަނެއްގެ ގޮތުގައި ބޭނުންކުރުމަށް 4000 (ހަތަރު ހާސް) އަކަފޫޓާއި 5000 (ފަސްހާސް) އަކަފޫޓާއި ދެމެދުގެ 02 (ދޭއް) އިމާރާތް 01 (އެކެއް) އަހަރު ދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެ ކުރެވުނު ނަންބަރު: (IUL)AEH/AEH/2022/33 އިޢުލާނަށް އެއްވެސް ފަރާތަކުން ރެޖިސްޓަރ ކޮށްފައިނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މާރިޗު 2022 އިން ފެށިގެން 02 އެޕްރީލް 2022 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި އެކު މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 03 އެޕްރީލް 2022 ވާ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 07 އެޕްރީލް 2022 ވަނަ ދުވަހުގެ 13:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

28 މާރިޗު 2022