ދިވެހިރާއްޖެ
ވެލިއު އެޑިޝަން އެންޑް އެގްރިކަލްޗަރ ރިސަރޗް އިން ދަ މޯލްޑިވްސް މަޝްރޫޢުގެ ދަށުން ފަޅޮލުން އިތުރު ތައްޔާރީ ބާވަތްތައް އުފައްދާ ޕްރޮސެސްކުރުމަށް (ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފެއްދުމަށް) ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު
ޗައިނާ ސަރުކާރުގެ އެހީ ލިބިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހިންގުމަށް ހަމަޖެހިފައިވާ " ވެލިއު އެޑިޝަން އެންޑް އެގްރިކަލްޗަރ ރިސަރޗް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ "ވެލިއު އެޑިޝަން އޮފް އެގްރިކަލްޗަރ ޕްރޮޑިއުސް" ކޮމްޕޯނަންޓްގެ ދަށުން، ރާއްޖޭގައި ހައްދާ ފަޅޯ ޕްރޮސެސްކޮށް، ފަޅޮލުން ތަފާތު ތައްޔާރީ ބާވަތްތައް (ވެލިއު އެޑެޑް ޕްރޮޑަކްޓްސް) އުފެއްދުމުގެ މަޝްރޫޢެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ރަށްރަށުގައި ހައްދާ ފަޅޯ މާކެޓް ނުކުރެވި ހަލާކުވެދިޔަ ނުދިނުމަށްޓަކައި ފަޅޮލުން ތައްޔާރީ ބާވަތްތައް އުފައްދައި އަދި އާމްދަނީ ލިބުމުގެ މަގު ފަހިކޮށްދިނުމެވެ.
މި މަޝްރޫޢު ހިންގުމަށްޓަކައި މިކަމަށް ޝައުޤުވެރިވެލައްވާ އަމިއްލަ ފަރާތްތައް، ޖަމުޢިއްޔާ، ކޯޕަރޭޓިވްސް އަދި ކުންފުނިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަޝްރޫޢު ހިންގާނެ ފަރާތެއް ހޮވާއިރު ދަނޑުވެރި / ދަނޑުވެރިކަމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތެއް، ޖަމުޢިއްޔާ، ކޯޕަރޭޓިވްސް އަދި ކުންފުނިތަކަށް އިސްކަންދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އަމިއްލަ ފަރާތްތައް، ޖަމުޢިއްޔާ، ކޯޕަރޭޓިވްސް އަދި ކުންފުނިތަކުން މި މަޝްރޫޢު ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަޝްރޫޢަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ބޭނުންވާނެ މަޢުލޫމާތާއި، ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކާބެހޭ ތަފުސީލު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ވެބްސައިޓް www.fishagri.gov.mv އިން މިއަދުން ފެށިގެން ލިބެން ހުންނާނެއެވެ.
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 25 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އަދި ހުށަހަޅުއްވާނީ، ޕްރިންޓް ނުވަތަ ސޮފްޓްކޮޕީން ތިރީގައިވާ މި މިނިސްޓްރީގެ އެޑްރެހަށެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ވެލާނާގެ، އަމީރު އަޙުމަދު މަގު، 7 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ
ފޯން: 3322625 (960) ފެކްސް: 3326558 (960)
އީމެއިލް: [email protected] / [email protected]