މަސައްކަތް
ނަންބަރު: (IUL)302-E/302/2022/7
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 21:37
ސުންގަޑި: 04 އޭޕްރިލް 2022 11:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރުގެ 02 މިސްކިތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

        މިކައުންސިލުންދޭ މަޢުލޫމާތާއިއެއްގޮތަށް ރ. ހުޅުދުއްފާރު ނޫރުމިސްކިތް އަދި ތަޤްވާ މިސްކިތުގެ މަރާމާތުތައް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

        ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝަޢުޤުވެރިވާ ފަރާތްތަކުން، 2022 އޭޕްރީލް 04 ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާނީ 2022 އޭޕްރީލް 11 ވަނަ ދުވަހުގެ 11:00ށް ހުޅުދުއްފާރު ކައުންސިލް އިދާރާއަށެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަޢުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ

        މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 2022 އޭޕްރީލް 07ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ރެޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ބިޑް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

27 މާރިޗު 2022