ދިވެހިރާއްޖެ
ނަންބަރު: (IUL)403-A/403/2022/47
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ލ.މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މި ޕްރޮޖެކްޓާއިގުޅޭ ބީލަން ޑޮކިއުމަންޓްތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ތަފްޞީލް |
ދުވަސް |
ގަޑި |
ތަން |
ބީލަމުގައި ރަޖިސްޓްރީވުން |
27 މާރޗް 2022 އިން 31 މާރޗް 2022 އަށް |
10:30 އިން 13:00 އާއި ދެމެދު |
ލ.މާމެންދޫ ކައުންސިލް އިދާރާ |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
04 އޭޕްރީލް 2022 (ހޯމަ) |
10:30 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
ބީލަން ހުށަހެޅުން |
12 އޭޕްރީލް 2022 (އަންގާރަ) |
10:30 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އޭޕްރީލް 03 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށް ދީފައިވައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލް ކުރެވިދާނެއެވެ. މިބީލަން ފޮތް، 05 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުން ފެށިގެން 11 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 11:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާ އެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
24 ޝަޢުބާން 1443ހ
27 މާރިޗު 2022މ