ދިވެހިރާއްޖެ
މި އިދާރާގެ ޢިއުލާނު ނަންބަރު:06(IUL)226-F/PRIV/2022/ (13 މާރިޗު 2022) ހދ އަތޮޅު ކައުންސިލްގެ އިދާރާ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައި ނުވާތީ، މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
1- މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 27 މާރިޗު 2022 ން ފެށިގެން 06 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް އޮންލައިންކޮށެވެ. ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ބޭނުން ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
3- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
4- ބީލަންތައް ހުޅުވުން އޮންނާނީ 07 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
5- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ
ފޯން: 6521646 ، 6521643
އީމެއިލް: [email protected]