ދިވެހިރާއްޖެ
މި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
1 މި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 މާރޗް 27 ން 2022 މާރޗް 30 ށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މި ސްކޫލްގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އިޢުލާނުގައިވާ އީ.މެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މެއިލް ކުރައްވާނަމަ، ތިރީގައިވާ މަޢުލޫމާތުތަށް މެއިލްގައި ހިމަނަންވާނެއެވެ.
- ކުންފުނި/ފަރާތް
- ނަންނޯޓްކުރާ މީހާގެ ނަން
- ފޯން ނަންބަރ
- އީ.މެއިލް އެޑްރެސް
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އޭޕްރީލް 03 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 އޭޕްރީލް 05 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
5 މި ޕްރޮޖެކްޓާއިގުޅޭ ބީލަންފޮތް މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފެންފުށީ ސްކޫލް އދ.ފެންފުށި
ފޯން:6680817
އީ-މެއިލް: [email protected]