މަސައްކަތް
ނަންބަރު: (IUL)438/438/2014/109
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 11 ސެޕްޓެންބަރު 2014 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރިޕޯޓު ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހިންގާ "އިންޓަރގްރޭޓިންގ ކްލައިމެޓް ޗޭންޖް ރިސްކްސް އިންޓު ރެޒީލިއަންޓް އައިލަންޑް ޕްލޭނިންގ އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން 4 ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ފޮތްތައް ޕްރިންޓް ކުރެވެންވީ ގޮތާބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.
  • ޓްރިމް ސައިޒް           -      216 mm 279 x (ލެޓަރ ސައިޒް)
  • ބަނޑޭރިގަނޑު           -      300gsm އާރޓް ބޯރޑް / ޕޭޕަރ
  • ބަނޑޭރިގަނޑު ފިނިޝިންގ   -       ގްލޮސް ލެމިނޭޓޭޑް
  • އެތެރޭގެ ގަނޑުތައް          -    120gsm ކޯޓެޑް ޕޭޕަރ
  • ބައިންޑިން              -     ޕާރފެކްޓް ވިތު ސްޕައިން
  • ޕްރިންޓް ކުރެވެންވީ ވައްތަރު   -      މަލްޓިކަލަރ ޕްރިންޓިންގ

ބީލަމާ ބެހޭގޮތުން މަޢުލޫމާތު އެރުވުމަށް 11 ސެޕްޓެންބަރު 2014 ވަނަ ދުވަހު 11:00 ގައި ބައްދަލުވުމެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައި އޮންނާނެއެވެ.

ބީލަން ހުށަހަޅުއްވާއިރު ކޮންމެ ފޮތެއްގެ 500 ކޮޕީ އަދި 250 ކޮޕީ ޗާޕުކޮށްދޭނެ އަގު ހުށަހަޅުއްވަން ވާނެއެވެ. އަދި މަސައްކަތް ކުރިއަށް ދާނެ ގޮތުގެ ތާވަލެއް ހުށަހަޅުއްވަން ވާނެއެވެ.

ހުށަހަޅަންވީ ތަކެތި:

  • މަސައްކަތުގެ އަގު:
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:

  • އަގަށް: 40 ޕޮއިންޓް   
  • ތަޖުރިބާ: 30 ޕޮއިންޓް
  • މުއްދަތު: 30 ޕޮއިންޓް

ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި "އިންޓަރގްރޭޓިންގ ކްލައިމެޓް ޗޭންޖް ރިސްކްސް އިންޓު ރެޒީލިއަންޓް އައިލަންޑް ޕްލޭނިންގ އިން ދަ މޯލްޑިވްސް – 4 ރިޕޯޓް ޗާޕުކުރުން" މަޝްރޫޢު އާބެހޭ މިހެން ލިޔެވިފައިވާންވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 18 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އިންޓަރގްރޭޓިންގ ކްލައިމެޓް ޗޭންޖް ރިސްކްސް އިންޓު ރެޒީލިއަންޓް އައިލަންޑް ޕްލޭނިންގ އިން ދަ މޯލްޑިވްސް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

އަމީނީ މަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު:   421 8 301 (960)+ ނުވަތަ  422 8 301 (960)+

ފެކްސް:  301 8 301 (960)+

އީމެއިލް:  [email protected]

މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި " އިންޓަރގްރޭޓިންގ ކްލައިމެޓް ޗޭންޖް ރިސްކްސް އިންޓު ރެޒީލިއަންޓް އައިލަންޑް ޕްލޭނިންގ އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ބޭނުމަށް 4 ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ" ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

02 ސެޕްޓެންބަރު 2014