މަސައްކަތް
ނަންބަރު: GS-169/IU/2014/17
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 08 ސެޕްޓެންބަރު 2014 10:00
ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
އާކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ކަރަންޓް ވިއުގައިގެ ބިމުއަޑީގެ ކޭބަލްްތައް (ޑިސްޓްރިބިއުޝަން ބޯޑަށް އަޅާފައިވާ މެއިން ކޭބަލާއި، އިމާރާތްތަކަށް އަޅާފައިވާ ކޭބަލް) މި ސްކޫލުން ދައްކާގޮތެއްގެ މަތީން ނަގައި އަމިއްލަތަކެތީގައި އާކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 08 ވާ ހޯމަ ދުވަހުގެެ ހެނދުނު 10:00އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2014 ސެޕްޓެންބަރު 14 ވާ އާދީއްތަަ ދުވަހުގެ ހެނދުނު 10:00ގައި އަންދާސީހިސާބު ހިފައިގެން ސްކޫލު އޮފީހަށް ދުރުވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، ކޮން މަސައްކަތެއްގެ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

އަދި މިވަގުތު ދުރުވާ ބޭފުޅުންގެ ހާޒިރުގައި އަންދާސީހިސާބުތައް ކެނޑުން އޮންނާނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެފައިނުވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

02 ސެޕްޓެންބަރު 2014