ދިވެހިރާއްޖެ
ޗައިނާ ސަރުކާރުން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފައިވާ ރޯވަރ ބްރޭންޑްގެ ވޭންގެ އިންޖީނު މަރާމާތު ކުރުމާއި ސާރވިސް ކުރުމާއި އަދި އެހެނިހެން މަރާމާތުތައް ކުރުމަށްފަހު ރަޖިސްޓަރީ ކުރުމާއި މިނިސްޓްރީން އަންގާ ރަށަކާ ހަމަޔަށް ފޮނުވައިދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)23-AP/1/2014/169) އާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، ޗައިނާ ސަރުކާރުން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފައިވާ ރޯވަރ ބްރޭންޑްގެ ވޭންގެ އިންޖީނު މަރާމާތު ކުރުމާއި ސާރވިސް ކުރުމާއި އަދި އެހެނިހެން މަރާމާތުތައް ކުރުމަށްފަހު ރަޖިސްޓަރީ ކުރުމާއި މިނިސްޓްރީން އަންގާ ރަށަކާ ހަމަޔަށް ފޮނުވައިދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ސެޕްޓެންބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
07 ޛުލްޤަޢިދާ 1435