މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2014/115
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 10 ސެޕްޓެންބަރު 2014 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސ. ހިތަދޫގައި ޤާއިމު ކޮށްފައިވާ ފެނުގެ ނިޒާމުގެ ޚިދުމަތް ގޭގެއަށް ދިނުމާބެހޭ

މިކުންފުނީގެ ފަރާތުން ސ. ހިތަދޫގައި ޤާއިމު ކޮށްފައިވާ ފެނުގެ ނިޒާމުގެ ޚިދުމަތް ގޭގެއަށް ފޯރުކޮށްދިނުމަށްޓަކައި މީޓަރު ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު FNK-K(T)/FNK/IUL/2014/105ފ(28 ޖުލައި 2014) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ އައްޑޫ ބްރާންޗް (ހިތަދޫ ރީޖަނަލް އޮފީސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ އައްޑޫ ބްރާންޗް (ހިތަދޫ ރީޖަނަލް އޮފީސް) އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ. އަގު ހުށަހަޅުއްވަން އޮންނަ ގަޑީގައި މާލޭގެ ހެޑްއޮފީހާއި އައްޑޫ ބްރާންޗަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ މަޢުލޫމާތާއި އަގު އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަޑައިގަންނަވާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

09 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014