ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL)153-BS-IT/153/2022/3
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 31 މާރިޗު 2022 12:00
އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

މަގާމް: އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު: 3

 3 އޭޕްރިލް 2022 އިން 7 އޭޕްރިލް 2022 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 2022 ޓާރމް 1 ގެ މިޑް ޓާރމް އިމްތިޙާނުތައް އިންވިޖިލޭޓް ކުރާނެ ފަރާތެއް ބޭނުންވެއެވެ.

މަގާމް

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު

3

އޮފީސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

އުޖޫރަ ދެވޭނެގޮތް

މަސައްކަތްކުރާ ކޮންމެ  ސެޝަންއަކަށް: -/300ރ (ތިން ސަތޭކަ ރުފިޔާ )

މަޤާމުގެ ޝަރުތު

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން.

އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން

މަޤާމުގެ މަސްއޫލިއްޔަތު

އިމްތިހާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން ހޯލްގައި ދަރިވަރުން ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

މަސައްކަތް ކުރަންޖެހޭ ގަޑިތައް

 3 އޭޕްރިލް 2022 އިން 7 އޭޕްރިލް 2022 ގެ ނިޔަލަށް، 

  • ފުރަތަމަ ސެޝަން  - 14:00 އިން 17:00

ދެވަނަ ސެޝަން - 20:30 އިން 23:00

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ. އޮންލައިން އެޕްލިކޭޝަން ތިރީގައިވާ ލިންކުން ލިބޭނެއެވެ.

https://forms.gle/J8ECWCJ5Fqs1QUuC6

އެޕްލިކޭޝަންގެ ސުންގަޑި

31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް

އެޕްލިކޭޝަން ފޯމާއެކު އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އިންވިޖިލޭޓަރަކަށް ހޮވިއްޖެނަމަ، އެފަރާތްތަކުން ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345494/3345480 އަށެވެ.

27 މާރިޗު 2022