މަސައްކަތް
ނަންބަރު: (IUL)226-F/PRIV/2022/7
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 07 އޭޕްރިލް 2022 00:11
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލް އިދާރާގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުން

މި އިޢުލާންވަނީ 27 މާރިޗު 2022 10:56 ގައި ބާތިލް ކުރެވިފައެވެ.


މި އިދާރާގެ ޢިއުލާނު ނަންބަރު: 06(IUL)226-F/PRIV/2022/(13 މާރިޗު 2022) ހދ އަތޮޅު ކައުންސިލްގެ އިދާރާ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައި ނުވާތީ، މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

1-    މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2-    ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 27 މާރިޗު 2022 ން ފެށިގެން 06 އޭޕްރީލް  2022 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް އޮންލައިންކޮށެވެ. ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ބޭނުން ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.

3-    މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 31 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

4-    ބީލަންތައް ހުޅުވުން އޮންނާނީ 07 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

 

5-    އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6521646 ، 6521643

އީމެއިލް: [email protected]

27 މާރިޗު 2022