ނޫސްބަޔާން
ނަންބަރު: (PR)425-CB/425/2022/4
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 08:57
ސުންގަޑި: 03 އޭޕްރިލް 2022 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރ ހައްޔަރު ކުރުމާއި ގުޅޭ

ޕީޕީއެމް އާއި ޕީ އެންސީ ކޯލިޝަން ގުޅިގެން 25 މާރޗް 2022 ވަނަ ދުވަހު މާލޭގައި ބޭއްވި އެއްވެ އުޅުމުގެ ތެރެއިން، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ލިބިދީފައިވާ ޙައްޤުގެ ތެރެއިން އަޑުއުފުލުމަށާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދަށުން ޝުޢޫރު ފާޅުކުރަމުން ދަނިކޮށް މި ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ހައްޔަރުކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ޤަބޫލުކުރާ ގޮތުގައި މިއީ ޤާނޫނު އަސާސީއިން ލިބިދީފައިވާ ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރގެ މަޤާމަށް ހޮއްވަވާފައި ހުންނެވި ކައުންސިލަރުގެ ބާރު ކަނޑުވާލުމާއި، އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެކެވެ. އަދި މިއީ ދިމިޤްރާތީ ވެއްޓެއްގައި ކަންވެގެން ދާންޖެހޭގޮތް ނޫންކަމުގައިވެސް މި ކައުންސިލުން ދެކެމެވެ.

ވީމާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދޫކޮށްލުމަށް މި ކައުންސިލުން ގޮވާލަމެވެ.

27 މާރިޗު 2022