ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2022/112
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 17:14
ސުންގަޑި: 31 މާރިޗު 2022 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ކ.މާލެ)

ސްޕައިން ޕޮއިންޓް:

24

ގްރޭޑް:

5

މުސާރަ:

މަހަކު 7,151/26 ރ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،

މަޤާމުގެ މަސްއޫލިއްޔަތު:

  1. އޮފީހަށް އަންނަ ސިޓީތަކާއި ދަރިވަރުން ގެންނަ އެސައިންމެންޓްތަށް ބަލައިގަނެ ލެކްޗަރަރއިން ކިޔަވައިދިނުމަށްބޭނުންވާ އިދާރީ އެހީތެރިކަން ދިނުން
  2. ކުލާސް ރޫމްތަކާއި، ސްޓޫޑިއޯތަކާއި ލެބްތައް ޗެކްކޮށް، އެތަންތަނަށް ކަޑައެޅިފައިވާ އަދަދަށް ގޮނޑިޔާ މޭޒާ، ގަޑިޔާއި ޑަސްބިންފަދަ ތަކެތި ހުރޭތޯ ބަލާ އެތަންތަނުގައި މަދުވެފައިވާ ނުވަތަ ބާވެ ހަލާކުވެފައިވުމުގެ ސަބަބުން ބަދަލުކުރަންޖެހިފައިވާ އައިޓަމްތައް ދެނެގަނެ އެއައިޓަމްތައް ހަމަކުރުން.
  3. ފެކަލްޓީއަށް ބޭނުންވާ ކޮންސިއުމަބަލްސް އަދި ހަރުމުދާލާއި، ފަރުނީޗަރާއި އަދި އިކްއިޕްމަންޓްސްތައް ގަތުމަށް ބޭނުންވާ ކޯޓޭޝަންތައް ހޯދުމާއި އަދި ފެކަލްޓީގެ މަސައްކަތަށް ދަތިނުވާނެހެން ޔުނިވަރސިޓީގެ ޕްރޮކިއުމަންޓް ސެކްޝަނާއި ގުޅިގެން މިތަކެތި ހޯދުން.
  4. ފެކަލްޓީ އަށް ލިބޭ ޑެއިލީ ކޮންސިއުމަބަލްސްތަކުގެ މަޢުލޫމާތު ޔުނިވަސިޓީން ތައްޔާރުކޮށް ފައިވާ "ސްޓޮކް ސިސްޓަމް" އަށް އެންޓަރ ކުރުމާއި އަދި މުވައްޒަފުންގެ ރިކްއެސްޓްތަކާ އެއްގޮތައް އައިޓަމްތައް ދޫކުރުމާއި ސްޓޮކް ސިސްޓަމް ޤަވާއިދުން ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން
  5. ފެކަލްޓީގެ ހަރު މުދަލުގެ އިންވެންޓްރީ ސަރުކާރުގެ ނީލަން ޕޯޓަލް މެދުވެރިކޮށް ޤަވާޢިދުން ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ހަރު މުދަލުގައި އިންވެންޓްރީ ނަންބަރު ޖެހުމުގެ މަސައްކަތް ކުރުން
  6. ތަނުގެ ފެނާއި ކަރަންޓަށް ދިމާވާ މައްސަލަތައް ބަލައި، ޢިމާރާތާއި ތަކެތީގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި ދެނެގަތުމާއި މެއިންޓަނަންސާއި ގުޅޭ މަސައްކަތްތައް ހައްލުކުރުމަށް ސެންޓްރަލް އެޑްމިނިސްޓްރޭޝަން އަށް ފޮނުވަންޖެހޭ ޓިކެޓްތަށް ފޮނުވުމާއި، ހުޅުވަންޖެހޭ ތަންތަން ހުޅުވުމާއި މަސައްކަތް ކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން
  7. އިމާރާތުގެ ތަކެއްޗާއި/މަރާމާތާއި ގުޅުންހުރި ބިޑްތަކުގެ މަސައްކަތްތައް ބެލެހެއްޓުމާއި، ކޮންޓުރެކްޓް އުޞޫލުން ޙަވާލުކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަށް ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި، މަސައްކަތްތައް ކުރިޔައްދާގޮތް ބެލެހެއްޓުމާއި، މަސައްކަތް ނިމުމުން ފައިސާ ދެއްކުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް ޔުނިވަރސިޓީގެ ފައިނޭންސް ސެކްޝަނަސް ފޮނުވުން
  8. ބާވެ ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ބަލައި، ތަނަން ގިނަވިޔަނުދީ މަރުކަޒީ އިދާރާއާއި ގުޅިގެން ޤަވާއިދުން އެތަކެތި ނީލަމަށް ފޮނުވުމާއި އަދި ނައްތާލަންޖެހޭ ތަކެތި ޤަވާއިދުގެތެރެއިން ނައްތާލުން
  9. އަތޮޅު ކެމްޕަސްތަކުގައި މިފެކަލްޓީން ހިންގާ ކޯސްތައް ހިންގުމަށް ބޭނުންވާ، އިކްއިޕްމެންޓްތައް އެ ކެމްޕަސްތަކަށް ފޮނުވުމަށް ބޯޓްފަހަރުތަކަށް ހަވާލުކުރުން.
  10. ހަފުތާއަކު 2 ފަހަރު، ސޯސަންގެ އިމާރާތް ފިޔަވާ އެހެން އިމާރާތްތަކުގައި ކުރިޔަށްގެންދާ ފެކަލްޓީގެ ކުލާސްތައް ޗެކްކުރުމާއި އެތަންތަނަށް ދިމާވާމައްސަތައް ހައްލުކުރުން
  11. ފެކަލްޓީގެ މާރކެޓިންގ އާއި ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިވުން
  12. އޮފީހުން ހަމަޖައްސާ ގޮތެއްގެ މަތީން އިތުރުގަޑީގެ ޑިއުޓީތަކަށް ނިކުތުމާއި، ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތީން އޮފީސް ހުޅުވާ ލެއްޕުން

މަތީގައިވާ ކަންތައްތަކުގެ އިތުރުން ފެކަލްޓީގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-112

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
26 މާރިޗު 2022