ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)486-AP/1/2022/17
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 21:48
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގ ބާއްވާ ތާރީޚްތަކަށް ބަދަލުގެނައުން

މި އޮފީހުގެ ނަންބަރު (IUL)486-SEC/1/2022/5 އިޢުލާނާއި، ނަންބަރު (IUL)486-BUR/1/2022/12 އިޢުލާން އަދި ނަންބަރު އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. 1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ މި އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، މައްސަލައިގެ ހަޤީޤަށް ހޯދުމަށްޓަކައި މިމައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 27 މާރިޗް 2022 ގައި މާލޭގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޕަބްލިކް ހިއަރިންގގައި އެކަށީގެންވާ މިންވަރަށް ބަޔާންދޭނެ ފަރާތްތައް ނެތުމާއެކު، ޕަބްލިކް ހިއަރިންގގެ އަޑުއެހުންތައް ބޭއްވުން ފަސްކުރެވިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަ ދި މާލޭގައި ބާއްވާ ޕަބްލިކް ހިއަރިންގ ބާއްވާނެ ތާރީޚްތަކާއި ގަޑި އަދި ބާއްވާނެ ތަން ފަހުގެ ތާރީޚެއްގައި މިއޮފީހުން އާންމުކޮށް އިޢުލާންކުރާނެ ވާހަކަވެސް ދެންނެވީމެވެ.

21 ޝަޢުބާން 1443

24 މާރިޗު 2022