މަސައްކަތް
ނަންބަރު: (IUL)266-PR/266/2022/40
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 11 އޭޕްރިލް 2022 11:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގައި އޯޕަން ސްޓޭޖް އެޅުމަށް، ސްޓޭޖް ޑިޒައިންކޮށް ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މި އިޢުލާނާއިއެކު އާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި، އެއްކަރުދާސް ކުރެވިފައިވާ ކޮންސެޕްޓް ކުރެހުމާއި އެއްގޮތަށް ކުޅުދުއްފުށީ ސިޓީގައި އޯޕަން ސްޓޭޖް ހެދުމަށްޓަކައި ބޭނުންވާ ބީ.އޯ.ކިޔު ކުރެހުން ސެޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ދެންނެވިފައިވާ ގޮތުގެ މަތީން ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.  

ތަފްސީލް

ތާރީޚް

ގަޑި

ކޯޓޭޝަން ހުށަހެޅުން (ޖަލްސާ ކުރާ މާލަމަށް ވަޑައިގެން)

‏11‏ އޭޕްރިލް‏ 2022‏ (ހޯމަ‏)

11:00

ކޯޓޭޝަން ހުށަހެޅުން (އީމެއިލް މެދުވެރިކޮށް)

‏11‏ އޭޕްރިލް‏ 2022‏ (ހޯމަ‏)

11:00 ގެ ކުރިން

ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް ކޯޓޭޝަނެވެ. ކޯޓޭޝަން ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މަތީގައި ދެންނެވިފައިވާ ތާރީޚްގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

24 މާރިޗު 2022