ދިވެހިރާއްޖެ
ނަންބަރު: (IUL)199-GAS/199/2022/25
އިޢުލާން
މި އެޖެންސީގެ އޮފީސް އިމާރާތުގައި އެއަރކޯން ހަރުކޮށްދިނުމާއި ގުޅޭ:
މި އެޖެންސީ ހިންގަމުންދާ އޮފީސް ޢިމާރާތުގެ 3 ވަނަ ފަންގިފިލާ އަދި 6 ވަނަ ފަންގިފިލާގައި އެއަރކޯން ހަރުކުރަން ބޭނުންވެއެވެ. މި މަސައްކަތާއިގުޅޭ މަޢްލޫމާތު ޝީޓް މި އިޢްލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް:www.nspa.gov.mvގައި ޝާއިޢު ކުރެވިފައި ވާނެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ގަޑިތަކުގައި މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގަޑިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތަފްޞީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
03 އޭޕްރިލް 2022 |
އާދީއްތަ |
12:00 |
އަންދާސީހިސާބު ހުށަހެޅުން |
05 އޭޕްރިލް 2022 |
އަންގާރަ |
12:00 |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ. ސަކައިމޫ( ގެ މީޓިންގ ރޫމްއަށް. |
|||
އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ. ސަކައިމޫ( ގެ މީޓިންގ ރޫމްއަށް. |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353+960-
- ފެކްސް: +960-3003535
- އީމެއިލް: [email protected]
21 ޝަޢްބާން 1443
24 މާރިޗް 2022