މަސައްކަތް
ނަންބަރު: (IUL)305-ME305/305/2022/44
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 28 މާރިޗު 2022 10:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ހޮޅި ގުޅުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 ނަރުދަމާ ހޮޅި ގުޅުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މި ކައުންސިލްގެ ނަންބަރ: (IUL)305-ME305/305/2022/43 (22 މާރޗް 2022) ގައި ކޮށްފައިވާ އިޢުލާނު އިސްލާޙްކުރުމަށްޓަކައި އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

   މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ތަންތަނުގެ ފާޚާނާ ހޮޅި މަގުމަތީ ނަރުދަމާ ހޮޅިޔާއި ގުޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. މަސްޖިދުލް ސަލާމް
  2. އިޖުތިމާޢީ މަރުކަޒު
  3. ހިނަވާގެ
  4. ޕްރީސްކޫލް
  5. ކައުންސިލްގެ އިދާރާ

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 މާރޗް 2022 ވާ ހޯމަ ދުވަހުގެ 10:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

 

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

      20 ޝައުބާން 1443                          

23 މާރިޗު 2022