މަސައްކަތް
ނަންބަރު: (IUL)228-DG/228/2022/17
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 03 އޭޕްރިލް 2022 13:00
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮތް ހުސްބިމުގައި އަޅަން ފަށާފައިވާ 2ބުރި އިމާރާތުގެ ނުނިމިހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިކައުންސިލްގެ އިދާރާއިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ނ. އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި އޮތް ހުސްބިމުގައި އަޅަން ފަށައިފައިވާ 2 ބުރި އިމާރާތުގެ ނުނިމި ހުރި

ބައެއް މަސައްކަތްތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ބީލަން ރަޖިސްޓްރީކުރުން

         ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި  ( ކުންފުނި، ކޯޕްރޭޓިވް ސޮސައިޓީ، ޕާރޓްނަރޝިޕް، އަމިއްލަ ފަރުދުންގެ ވިޔަފާރި )

މިފަދަ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން (ބީލަން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް)

މިލިންކަށްވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އީމެއިލް ([email protected] )   މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ.

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ތަފްސީލް

ތާރީޚް

ވަގުތު

ބީލަމުގައި ރަޖިސްޓްރީ ކުރުން

24 މާރޗް 2022 އިން 02 އޭޕްރިލް 2022

-

މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން)

03 އޭޕްރިލް  2022

13:00

އަންދާސީ ހިސާބު ހުށަހެޅުން

19 އޭޕްރިލް 2022

10:30 ހެނދުނު

                                                                                

 

އަންދާސީ ހިސާބު ހުށަހެޅުން

         މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. 

އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު -/25,000 ރ (ފަންސަވީސްހާސް ރުފިޔާ ) ގެ ބިޑް ސެކިއުރިޓީއެއް ހުށައަޅުއްވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ

އަންދާސީހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ

ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.  ބިލަން ރަޖިސްޓްރީ ކުރުމަށް ގުޅުއްވާނެ ފޯނު ނަންބަރާއި، އީމެއިލްއެޑްރެސް ތިރީގައި ދެންނެވިފައި އެވަނީއެވެ.

މެއިލް އެޑްރެސް

ފޯނު ނަންބަރ

[email protected]

6560012،  6560028

24 މާރިޗު 2022