ދިވެހިރާއްޖެ
- 1. ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
- މިކައުންސިލަށް 2 (ދޭއް) ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ޕިކަޕް ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2022 އޭޕްރިލް 06 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާގަޑީގައެވެ.
2. ބޭނުންވާ އުޅަނދުގެ މަޢުލޫމާތު
1 (އެކެއް) ޕިކަޕު
ޓަނޭޖް: 2
ބްރޭޑް: ޓޮޔޮޓާ، ނިސާން، އިސުޒު، މިޓްސުބުސީ، މަޒްޑާ، ހިނޯ.
އުފެއްދި ތާރީޚް: 2015 ނުވަތަ 2015 އަށްވުރެ ފަސް
ޕަވަރގޭޓް
ކުލަ: ހުދު
އިންޖިން ކެޕޭސިޓީ: 3660 ސީސީ ނުވަތަ އެއަށްވުރެ މަތި
ހަކަތައިގެ ބާވަތް: ޑީސަލް
ޓްރާންސްމިޝަން ޓައިޕް: އޮޓޯގިއަރ
ހުންގާނު ޕޮޒިޝަން: ކަނާތްފަރާތު ހުންގާނު
ކޮންޑިޝަން: ރީކޮންޑިޝަންޑް
އޮރިޖިން: ޖަޕާން
އެއަރކޮންޑިޝަނަރ، ހީޓް ބްލޯވަރ، ކޮމް ސެޓް
ޑްރަމް ސައިޒް: 16
ރިއަރ ވީލް: ޑުއެލް
ފުރޮޅު: 7 ފުރޮޅު (ފަހަތްކޮޅުގައި 4 ފުރޮޅު، ކުރީކޮޅުގައި 2 ފުރޮޅު އަދި ރިޒާވް 1 ފުރޮޅު)
- 3. އިތުރު މަޢުލޫމާތު
a) މި ޕްރޮޖެކްޓްގައި ސަޕްލައިކޮށްދޭ ޕިކަޕް، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްދިނުން.
b) ރަޖިސްޓްރޭޝަނާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ސަޕްލަޔަރ ދައްކައިދިނުން.
c) ޕިކަޕް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލާއި ހަމައަށް ޑެލިވަރކުރުން.
- 4. ބިޑް ރަޖިސްޓްރޭޝަން
2022 އޭޕްރިލް 5 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] / [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.
a.ވިޔަފާރީގެ ނަން
- ވިޔަފާރި ރަޖިސްޓްރީ ނަންބަރު
- ވެރިފަރާތުގެ ނަން
- ވެރިފަރާތާއި ގުޅޭނެ ނަންބަރު
- އީމެއިލް އެޑްރެސް
- 5. އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
" ޕިކަޕް ގަތުން "
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ރ. މަޑުއްވަރި، ދިވެހިރާއްޖެ
- 6. ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
- ވިޔަފާރީގެ ޕްރޮފައިލް
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
- މުއްދަތު ހުށަހަޅާ ފޯމް
- 3 މަސް ހަމަނުވާ ޓެކްސް ކުލިއަރެންސް ރިޕޯޓް
- 7. ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:
- އަގު %70
- މުއްދަތު
- ވޮރަންޓީ (ވޮރަންޓީ 1 އަހަރަށްވުރެ ކުރުނަމަ ޕޮއިންޓެއް ނުލިބޭނެއެވެ. 1 އަހަރާއި 2 އަހަރާއި ދެމެދުނަމަ، 5 ޕޮއިންޓް، 2 އަހަރު ނުވަތަ އެއަށްވުރެ އިތުރުނަމަ، 10 ޕޮއިންޓް)
- ވޮރަންޓީގެ މުއްދަތުގައި މަރާމާތު ކުރެވޭނެ ނުވަތަ ދޭނެ ޚިދުމަތްތައް ވޮރަންޓީ ލިޔުމުގައި ހިމަނަންވާނެއެވެ.
- ވެހިކަލްގެ ޢުމުރު (2022 ވަނަ އަހަރުނަމަ 10 ޕޮއިންޓް، 2021 ވަނަ އަހަރުނަމަ 9 ޕޮއިންޓް، 2020 ވަނަ އަހަރުނަމަ 8 ޕޮއިންޓް، 2019 ވަނަ އަހަރުނަމަ 7 ޕޮއިންޓް، 2018 ވަނަ އަހަރުނަމަ 6 ޕޮއިންޓް، 2017 ވަނަ އަހަރުނަމަ 5 ޕޮއިންޓް، 2016 ވަނަ އަހަރުނަމަ 3 ޕޮއިންޓް، 2015 ވަނަ އަހަރުނަމަ 1 ޕޮއިންޓް)
- އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
- އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތެވެ.
- އަންދާސީ ހިސާބު އިވެލުވޭޓްކުރުމުގައި އެންމެ ދިގު ވޮރަންޓީ މުއްދަތު، ވޮރަންޓީގެ ބެންޗްމާކުގެ ގޮތުގައި ބަލާނެއެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުން
- މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 އޭޕްރިލް 4 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ކޮޕީ: [email protected]
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.