ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HR-IUL-2022-017
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 30 މާރިޗު 2022 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ (ގްރެފިކްސް ޑިޒައިނަރ)

މި ކުންފުނީގެ ނަންބަރު AS/IUL/2022/014 އިއުލާނަށް އެކަށީގެންވާވަރަށް ކެޑިޑޭޓުން ކުރިމަތި ލައްވާފައި ނުވާތީ، އަލުން މިމަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. އަދި ފުރަތަމަ ކުރެވުނު އިޢުލާނަށް ކުރިމަތިލައި ޝަރުތު ހަމަވި ފަރާތުން މި އިޢުލާނަށް އިޖާބަދޭން ބޭނުންވާނަމަ އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

އިޢުލާން ނަންބަރު: ASND-HR-IUL-2022-017

މަޤާމް: އޮފިސަރ (ގްރެފިކްސް ޑިޒައިނަރ)

ބޭނުންވާ އަދަދު: 1

ޑިޕާޓްމަންޓް/ސެކްޝަން:: ކޯޕަރޭޓް އެފެއާރޒް އެންޑް ލީގަލް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު  މަޤާމާގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިކުންފުނިން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ފޮޓޯ ނެގުމާއި، އެތަކެތި އެޑިޓްކުރުމާއި، ތަރުތީބުން ރައްކާކުރުން.
  2. ކުންފުނީގެ ސޯޝަލް މިޑިއާ އެކައުންޓްތަކަށާއި ވެބްސައިޓަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކުރުން.
  3. ކުންފުނީގެ ސޯޝަލް މިޑިއާ އެކައުންޓްތަކާއި ވެބްސައިޓް އަދާހަމަކޮށް ބެލެހެއްޓުން.
  4. ކުންފުނީގެ ޑިޕާޓްމަންޓްތަކުން ފޮނުވާ ރިކުއެސްޓްތަކާ އެއްގޮތަށް އިޝްތިހާރު، ބެނަރ، ޕޯސްޓަރ ފަދަ ތަކެތި ތައްޔާރުކުރުން
  5. ކުންފުނީގެ ޕަބްލިކް ރިލޭޝަންސްގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
  3. އެޑޯބް ފޮޓޯޝޮޕް އަދި އެޑޯބް އިލަސްޓްރޭޓަރ ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  4. މަސައްކަތަށް ޤާބިލު ފަރާތެއްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން
  5. ވަޒީފާއަށް އެދޭ ފަރާތުން ކުރިން ކޮށްފައިވާ މަސައްކަތްތައް ދައްކުވައިދޭ ޕޯރޓްފޯލިއޯ
  6. އެޑޯބީ ޕްރިމިއަރ ޕްރޯ އަދި އާފްޓަރއިފެކްޓްސް ބޭނުންކުރަން އެނގުމަކީ އިތުރު އެޑްވާންޓޭޖް އެކެވެ.

 

މުސާރައާއި އިނާޔަތް :

- އަސާސީ މުސާރަ: -/6000 ރުފިޔާ

- ލިވިންގ އެލަވަންސް: -/3000 ރުފިޔާ

- އެޓެންޑަންސް އެލަވަންސް: -/2100 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި: 30 މާރިޗު 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
  7. ކުރިންކޮށްފައިވާ މަސައްކަތްތައް ދައްކުވައިދޭ ޕޯރޓްފޯލިއޯ (ޑިޖިޓަލް/ޕްރިންޓް)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 މާރިޗު 2022