ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މި މިނިސްޓްރީއަށް ވާރކިންގ ސްޕޭސް ގޮތުގައި ލިބިފައިވާ ގޯޑައުން އިމާރާތުގެ 1ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯގައި ކުރަންޖެހޭ ގިނަ މަރާމާތުތަކަކާއި އެހެނިހެން މަސައްކަތްތަކެއް ހުރުމާއެކު، ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
އިމާރާތުގައި ކުރަންޖެހޭ ބައެއް މަރާމާތުތައް:
- އިމާރާތުގެ އެތެރޭގެ ހުރި 2 ފާޚާނާ ބަރީގެ އެތެރޭގެ ބައެއް ފާރުތައް ތަޅައި ސާފުކުރުމާއި ބޭނުންވާ ފިލާ ބިތްތައް ރޫޅައި، ކުނިތައް ނަގައި ސާފުކޮށް އުކާލުމާއި، ފާރު ތެޅި ތަންތަނުގައި ޖަހަންޖެހޭ މުށިޖެހުން
- އިމާރާތުގެ ބޭރުން ވިއްސާރަ ވެހޭއިރު ފެންވައްދާތީ އިމާރާތުގެ ހިމެނޭ 35 ފޫޓު އުސް 39 ފޫޓު ދިގު 31 ފޫޓު ފުޅާ އޭރިޔާ ވަށާ ލައިސާޓު ހުދު ޓިނު ޖެހުން. ނުވަތަ ސިމެންތި ކޮށައި ސިމެންތިޖެހުން
- އިމާރާތު ހިމެނޭ 35 ފޫޓު އުސް 39 ފޫޓު ދިގު 31 ފޫޓު ފުޅާ އޭރިޔާއާއި އެތެރޭގެ ހުރި އެހެނިހެން ބައިތަކުގައި ޕުޓީ ކުރަންޖެހޭ ތަންތަނުގައި ޕުޓީކޮށް ކުލަލުން
- އިމާރާތުގެ 1 ވަނަ ފްލޯ ތަޅުމުގެ ހިމެނޭ 39 32xފޫޓުގެ އޭރިޔާގެ 2 ފޫޓު 2 ފޫޓު މުށިޖެހުން
- އިމާރާތުގެ 2 ވަނަ ފްލޯ ތަޅުމުގެ ހިމެނޭ 39 32x ފޫޓުގެ އޭރިޔާގެ 2 ފޫޓު 2 ފޫޓު މުށިޖެހުން
- ސިޑި އޭރިޔާގެ ކުރަންޖެހޭ މަރާމާތުކޮށް ކުލަލުން
- ފެންލީކުވާ އައުޓުޑޯ އޭރިޔާ އަމިއްލަ ތަކެތީގައި މަރާމާތުކުރުން
ޕްރީ ބިޑް މީޓިންގ:
ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 8 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައެވެ. ޕްރީބިޑް މީޓިންގއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ ދަންނަވަމެވެ.
ހުށަހަޅަންވީ ތަކެތި:
- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ސަޕްލައިކޮށްދެވޭނެ އަގު:
- ސަޕްލައިކޮށްދެވޭނެ މުއްދަތު:
- ޓެކްނިކަލް ސްޕެސިފިކޭޝަން:
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
މިމިނިސްޓްރީގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓްގެ ބޭނުމަށް ލިބިފައިވާ ގޯޑައުން އިމާރާތް މަރާމާތް ކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: IUL)438-PRCU/1/2014/48)
ބިޑު ހުޅުވުން:
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 / 3018337 ނަންބަރު ފޯނަށެވެ.
- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
- ހަނދުވަރީ ހިނގުން، މާފަންނު
- މާލެ، 20392
- ދިވެހިރާއްޖެ.
- އީމެއިލް: [email protected]