ވަޒީފާގެ ފުރުޞަތު
ނަންބަރު: GS156/2014/08
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 16:10
ސުންގަޑި: 09 ސެޕްޓެންބަރު 2014 14:00
އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު : މަސައްކަތު

މުސާރަ: -/3100 ރ ( މަހަކު )

ބޭނުންވާ އަދަދު: 01

ސާރވިސް އެލަވަންސް: -/1000 ރ ( މަހަކު )

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރޭންކް: އެސް.އެސް. 1

ގިންތި: ދާއިމީ

މަޤާމު ހުއްދަ ނަންބަރު: 22-D/GS159/2014/05ފ(MSG)

މަޤާމުގެ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތުތައް

1. ސްކޫލުގެ ކްލާސްރޫމްތަކާއި އިދާރީ އޮފީހާއި ސްކޫލުގެ ގޯތިތެރެ ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު ފޮޅައި ސާފުކޮށް، މޮޕްކޮށް ބެލެހެއްޓުން.

2. ސްކޫލުގެ ފާޚާނާތައް ދޮވެ ސާފުކުރުން.

3. ސްކޫލުގައި އުފެދޭ އުކާލަންޖެހޭ އެންމެހައި ކުނިއުކުން.

4. ސްކޫލުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެތި ލިޔެކިޔުން ރައްދުކުރުން

5. ސްކޫލަށް ޒިޔާރާތް ކުރައްވާ އެންމެހާ ފަރާތްތަކަށް މަރުޙަބާ ކިޔުމާއި މެހެމާންދާރި އަދާކުރުމުގައި ސްކޫލަށް އެހީތެރިވެދިނުން .

6- ތަފާތު ކަންކަމުގައި ސްކޫލުން ބެލެނިވެރިންނަށާއި އެކިއެކި ފަރާތްތަކަށް އަންގަވަން ދެއްވާ އެންގުންތައް އެންގުން.

7. އިދާރީގޮތުން ސްކޫލުންކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

8. މިނޫންވެސް ސްކޫލުން އަންގަވާ ވަޒީފާގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދެއްވުން.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ސެކްޝަން:

އދ. ދިއްދޫ ސްކޫލް، އދ. ދިއްދޫ / އިދާރީ ސެކްޝަން

މި ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

 

1- ވަޒީފާހެ ޝަރުޠު: ވަޒީފާގެ ޝަރުޠު ފުރިހަމަވުން.

2- ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމު / ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު ތަމްރީނު.

3- މަސައްކަތުގެ ތަޖުރިބާ: ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ / އެހެނިހެން މަސައްކަތުގެ ތަޖުރިބ.ާ

4- ލިބިފައިވާ ހުނަރު: އިންޓަވިއު  

އިންޓަވިއު ކުރުން.

އިންޓަވިއު އޮންނަ ތަނާއި ގަޑި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމު ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސްގެ ގެ ސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރުމަށްޓަކައި އިންޓަވިއު އަށް ދެންނެވޭ ބޭފުޅުން އިންޓަވިއު އަށް ދުރުވާއިރު ސެޓުފިކެޓުތަކުގެ އަސްލުތައް ހުށަހެޅުއްވުން އެދެމެވެ. )

3- ސަރުކާރުގެ ނުވަތަ ސިވިލް ސާރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކުނަމަ، ސިވިލް ސާރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތައި ސުންގަޑި:

މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ދިއްދޫ ސްކޫލް އޮފީހަށް ނުވަތަ އދ. އަތޮޅު މަދަރުސާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު

1- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

2- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ " މުވައްޒަފުގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލް ސަރވިސްގައި ވަޒީފާއަދާ ކުރަމުންދާ މުވައްޒަފަކު ވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.

3- މީގެ އިތުރުން މިކަމާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6680021 ނަންބަރު ފޯނާއެވެ. ނުވަތަ މޯބައިލް 7767325 އަށެވެ. ފެކްސް ނަންބަރަކީ: (6680757) އެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

05 ޛުލްޤަޢިދާ 1435

31 އޮގަސްޓް 2014