ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާ ފުޓްސެލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.
ކެލާ ކައުންސިލްގެ އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް، ހއ.ކެލާ ފުޓްސެލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުން |
27 މާރިޗް 2022 |
އާދީއްތަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
31 މާރިޗް 2022 |
ބުރާސްފަތި |
13:00 |
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 މާރިޗް 2022 އިން 27 މާރިޗް 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމާއި އަދި އޮންލައިންކޮށް ކައުންސިލްގެ މެއިލް އެޑްރެސް: [email protected] އަދި ކައުންސިލްގެ ވައިބަރ ނަންބަރ: 9650027 އަށް މެއިލް އަދި ވައިބަރ މެދުވެރިކޮށް ( ވިޔަފާރީގައި ނަން ، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް އަދި ހުށަހަޅާ ފަރާތުގެ ނަމާއިއެކު ) ރަޖިސްޓްރީވުމަށް ފޮނުވައިގެ ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
21 މާރިޗް 2022