ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)448-ASS/1/2014/61
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 09 ސެޕްޓެންބަރު 2014 15:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެއަރޕޯޓް ފަޔަފައިޓަރ

މަޤާމު

އެސިސްޓެންޓް އެއަރޕޯޓް ފަޔަފައިޓަރ

ބޭނުންވާ އަދަދު

07

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓްޓެކްނިކަލް އޮފިސަރގްރޭޑް 1

ރޭންކް: ޖީ.އެސް.3

މުސާރަ

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,500 ރުފިޔާ

އިނާޔަތްތައް

ކުންފުނީގެ ގަވާއިދުގައި މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ކައްދޫ އެއަރޕޯޓްގެ ފަޔަރސްޓޭޝަން، ކައްދޫ އެއަރޕޯޓް/ކައްދޫ އެއަރޕޯޓް.

މަގާމުގެ މަސްއޫލިއްޔަތު

ކައްދޫ އެއަރޕޯޓްގެ ފަޔަރސްޓޭޝަންގައި މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު

  1. އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، ބޭސިކް ފަސްޓްއެއިޑް ކޯހުން ފާސްވެފައިވުމާއި، މުއްދަތް ހަމަނުވާ މެޑިކަލް ސެޓުފިކެޓު އޮތުން. އަދި ޢުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުމާއެކު، މި މަޤާމަށް ބޭނުންވާ މެޑިކަލް ޓެސްޓުން ފާސްވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން އިނގިރޭސި އަދި ހިސާބު މި ދެމާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑު ލިބިފައިވުން. އަދި ޢުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއްކަމުގައި ވުމާއެކު، މި މަޤާމަށް ބޭނުންވާ މެޑިކަލް ޓެސްޓުން ފާސްވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެއަރކްރާފްޓް ރެސްކިއު ފަޔަރފައިޓިންގ އާ ގުޅޭގޮތުން އެވަގުތަކު ޑިއުޓީގައި ހުންނަވާ އޮފިސަރަކު އަންގަވާ ގޮތަކަށް މަސައްކަތް ކުރުން.
  2. އެއަރޕޯޓުގެ ވަށައިގެންވާ ސަރަޙައްދުގައި ވައިގެ ދަތުރުފަތުރާ ގުޅިގެން ހިނގައިފާނެ އަލިފާނުގެ ހާދިސާއަކަށް އަބަދުވެސް ތައްޔާރުވެ ތިބުމާއި އަދި މަތީގައި ބުނެވިދިޔަ ހާދިސާތަކުގައި، ސުޕަރވައިޒަރުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުން.
  3. ރެސްކިއު އެންޑް ފަޔަރފައިޓިންގ އާ ގުޅޭގޮތުން، މަސައްކަތްތަކަށް ފަޔަމަނުން ހާނުވާފައި ބޭތިއްބުމަށްޓަކައި ދެވޭ ޓްރެއިނިންގ (ކޮންޓިނުއޭޝަން ޓްރެއިނިންގ) ޕްރޮގުރާމުގެ ދަށުންދެވޭ ހުރިހާ ޓްރެއިނިންގ އެއްއަގައި ބައިވެރިވުން.
  4. މަތީގައި ބުނެވިދިޔަ ހާދިސާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ރެސްކިއު އެންޑް ފަޔަރފައިޓިންގ އިކުއިޕްމަންޓުތައް ހުރީ ތައްޔާރީ ޙާލަތުގައިތޯ ބަލައި ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުން.
  5. ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާ ހުރަނު އިތުރުކުރުމަށްޓަކައި މަސައްކަތް ކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަނދި ކުރުމަށް އަބަދުވެސް މަސައްކަތް ކުރުން.
  6. ރޭވިފައި އޮންނަ ޔުނިޓް ތާވަލާއި، އިސްކޮށް ހުންނަ އޮފިސަރގެ އިރުޝާދާ އެއްގޮތަށް ރެސްކިއު އެންޑް ފަޔަރފައިޓިންގ ވެހިކަލް، އިކްއިޕްމެންޓްސް ދުވަހުން ދުވަހަށް، ހަފްތާއިން ހަފްތާއަށް އަދި މަހުންމަހަށް ޗެކުކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 އަށް.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަސް ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީސް، ލ.ކައްދޫ ގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާނީ، ކައްދޫ އެއަރޕޯޓް އޮފީސް/ލ.ކައްދޫ އަށެވެ.

ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓު ކުރެވޭނެއެވެ.

27 އޮގަސްޓް 2014