ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)ASMH-HRMS/ASMH/2022/19
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 29 މާރިޗު 2022 13:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެކޭނިކް

c

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

           ގދ.ތިނަދޫ،                                              

            ދިވެހިރާއްޖެ.                                           

                                                                               ނަންބަރު: (IUL)ASMH-HRMS/ASMH/2022/19

                                                                   

މި ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ

 މަޤާމް

 މެކޭނިކް

މަޤާމުގެ ނަންބަރު:

J-311503

ބޭނުންވާ ޢަދަދު:

 01

ގިންތި: 

 ދާއިމީ

ރޭންކް:

ޖީ. އެސް 03

ކްލެސިފިކޭޝަން: 

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

މުސާރަ:

-/4465ރ

ސަރވިސް އެލަވަންސް:

-/1500ރ

މިނިމަމް ވޭޖް އެލަވަންސް

-/1100ރ

 

 

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އިނާޔަތްތައް

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް:

1-      ހޮސްޕިޓަލުގެ ކަރަންޓް ވިއުގައަށް ދިމާވާ މައްސަލަތަށް ޙައްލުކުރުމާއި ޙައްލު ނުކުރެވޭ މައްސަލަތައް އިސްވެރިޔާގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން

2-      ހޮސްޕިޓަލުގެ އެކިޑިޕާރޓްމަންޓް ތަކުގައި ހަރުކުރެވިފައިވަ އޭ.ސީތައް މަދުވެގެން މަހަކު 1 ފަހަރު ސާފްކުރުން

3-      މަސައްކަތަށް ބޭނުންވާޓޫލްސް އަދި ހިފާގެންގުޅޭތަކެތި ރައްކާތެރި ކަމާއެކު ބެލެހެއްޓުމާއި އެތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން

4-      ކްލިނިކް އިމާރާތާއި ހޮސްޕިޓަލުގެ އޮފީހާއި އެހެނިހެން ތަންތަނުގައި  ހުންނަ އިލެކްޓްރިކް، އިލެކްޓްރޯނިކް މެޝިނަރީޒް ސަރވިސްކުރުމާއި ، ތަނުން މަރާމާތު ކުރެވޭވަރުގެ ތަކެތިމަރާމާތުކުރުން.އަދި ބަދަލު ކުރަންޖެހޭ ބޮކި ،ފަންކާ، ހޮޅިބުރިފަދަ ތަކެތި ދުވަހުން ދުވަހަށް ބަދަލުކުރުން.

5-      ހޮސްޕިޓަލުގައި ބޭނުންކުރާ މެޝިނަރީޒްފަދަ ތަކެތި ހަލާކުވުމުން މަރާމާތު ނުކުރެވޭނަމަ އެތަކެތި އޮފީހުގެ އިސްވެރިއެއްގެ މަޝްވަރާއާއެކު މާލެފޮނުވާ  މަރާމާތު ކުރުވުން

6-      އަތޮޅުގެ ޞިއްހީ ޚިދުމަތްދެ ތަންތަނުން ހަލާވާ މެޝިނަރީޒްއާއި އެހެނިހެންތަކެތި މަރާމާތު ކުރުމާއި، އެރަށްރަށުން މަރާމާތުކުރުމަށް މައްސަލަޖެހިގެން ގެނެވޭ ތަކެތި މަރާމާތުކުރުން .އަދި މަރާމާތު ނުކުރެވޭ ތަކެތި މާލެފޮނުވާ މަރާމާތު ކުރުވުން

7-      ހޮސްޕިޓަލުގައި ބޭނުންކުރެވޭ އިމަރޖެންސީ ޖަނަރޭޓަރ ދޭތެރެ ދޭތެރެއިން ހިންގުމާއި އިތުރަށް ހިންގަން ޖެހިއްޖެ ޙާލަތެއްގައި ހިންގުމާއި، އެއަށް ތެޔޮއެޅުމާއި، ތެޔޮބަދަލުކުރުމާއި،އިންޖީނުފޮހެ ސާފުކޮށް ބެލެހެއްޓުން.

8-       ހޮސްޕިޓަލުގެ ލޯންޗާއި، އެމްބިއުލާންސްއަށް ދިމާވާ މައްސަލަތަކުގެ ތެރެއިން ޙައްލުކުރެވޭކަހަލަ ކަންކަން ޙައްލުކުރުމުގައި އެހީތެރިވުން

9-      މުވައްޒަފަކު ޗުއްޓީ ނަގައިފި ހާލަތެއްގައި މަސައްކަތުގެ ފެންވަރުން އެމުވައްޒަފުގެ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން

10-  މީގެއިތުރުން މަގާމުގެ ހައިޘިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި . ހުރިހާ މުވައްޒަފުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ ކުރުން

 

 

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. 1 .ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. .2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް
  3. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،    ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ        ސެޓްފިކެޓު،ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

.4  . 4ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ،           އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  1. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1.    .6  މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު"

 

މަގާމުގެ ޝަރުތުތައް:

  • 1 . - ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  •  ނުވަތަ

2 .- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަގާމުގެ ތައުލީމީ ރޮނގުތައް:

ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

ނެތް

މަގާމުގެ މަސައްކަތުގެ ދާއިރާތައް:

  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖީނިއަރިންގ
  • މެކޭނިކަލް އިންޖިނިއަރިންގ

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:    

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓްގެ ޑައުންލޯޑްސް އިން ލިބެން ހުންނާނެއެވެ.

http://health.gov.mv/Uploads/Downloads//Informations/Informations(357).pdf

 

 

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 މާރޗް 2022 ގެ 13:00 ގެ ކުރިން، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު   އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔޫ / ޕްރެކްޓިކަލް އިމްތިހާން 2022 އެޕްރީލް މަހު 01 އިން 10  ވަނަ  ދުވަހާއި ދެމެދު  އޮންނާނެއެވެ. އިންޓަރވިޔޫ / ޕްރެކްޓިކަލް އޮންނާނީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.

 

 

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާމުކުރުނ

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841970 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

 

       

 

                    21  ޝައުބާން 1443

                          23  މާރޗް  2022

 

 

                                                             ޢަބްދުލްއަޒީޒް ރިފާޢު

                                                                              ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ            

 

23 މާރިޗު 2022