ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)268/268/2022/18
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި:
30 މާރިޗު 2022 14:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހާފިޡުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާ ބެހޭ
1443ވަނަ އަހަރު ރަމަޟާންމަހު ހދ.ނޭކުރެންދޫ މަސްޖިދުލް ތަޤް ވާގައި ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކޮށްދޭ ހާފިޡުގެ ހުރުމާއި ކެއުން އަދި ދޮވެއިސްތިރިކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 މާރިޗު 2022 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އަގު ބަޔާންކޮށް ނޭކުރެންދޫ ކައުންސިލްގެ އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.
އަގުހެދުމުގައި ސަމާލުކަން ދޭންވީ ކަންކަން:
- މުއްދަތު (ރަމަޟާން މަސް ނިމެންދެން)
- ފާޚާނާއެކު އޭސީ ކޮޓަރިއެއް
- ދޮވެ އިސްތިރި ކޮށްދިނުން
- ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުން (ހާފިޡަކީ އިންޑިޔާގެ ރައްޔިތެއް)
ހިލޭ މިކަން ކޮށްދެން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
23 މާރިޗު 2022