ދިވެހިރާއްޖެ
ދ.ހުޅުދެލި އުތުރުފަރާތު ބަނދަރު ސަރަހައްދުގައި މިކައުންސިލުގެ ހުއްދައަކާނުލާ ތަފާތު މުދަލާއި އެހެނިހެން ތަކެތި ބަހައްޓާ ނުނަގާ ހުންނަތާ ގިނަދުވަސްވެފައި ހުންނަކަން ވަނީ ފާހަގަވެފައެވެ. އަދި މިފަދަ ތަކެތި ހުރުމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ އުނދަގޫވަމުން ދެއެވެ.
މިހެންކަމުން މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި (29 މާރޗް 2022 ގެ ނިޔަލަށް) ބަނދަރުގައި ހުރި ތަކެތި ނަގާ ސާފުކުރުމަށް ދަންނަވަމެވެ. މިމުއްދަތު ހަމަވާއިރު ނުނަގާ ހުރި ތަކެތި މިކައުންސިލުގެ ފަރާތުން ނަގާ ނައްތާލުމުގެ މަސައްކަތް ކުރެވޭނެ އެވެ. އަދި މިގޮތަށް ތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާއެއް މިކައުންސިލުން ނުނަގާނެ ވާހަކަވެސް ދެންނެވީމެވެ. އަދި ކައުންސިލްގެ ހުއްދައަކާ ނުލާ ތަކެތި ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.