ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 178-H/1/2014/06
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 16 ސެޕްޓެންބަރު 2014 14:30
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމު:

އޮފީސް އެސިސްޓެންޓް ( އެސް.އެސް. 2 )

އޮފީހުގެ ނަން:

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ. މާލެ

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

3,470.00 ރުފިޔާ

 

އެލަވަންސް:

1,000.00 ރުފިޔާ (ސަރވިސް އެލަވަންސް).

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ދެވޭ އުޖޫރަ ދެވޭނެ.

ސެކްޝަން /ޔުނިޓް:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް / އޮފީސް އެޑްމިނިސްޓްރޭޝަން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދައުލަތުގެ އޮފީސްތަކަށާއި އަމިއްލަ ތަންތަނަށް ސިޓީ، ނޯޓު ފަދަ ތަކެތި އަދި ފައިސާ ޙަވާލުކުރުމާއި ބަލާދިޔުން.
  2. އޮފީހަށް ބޭނުންވާ މުދާ ފަދަ ތަކެތި ހޯދުމަށް ތަންތަނަށް ދިއުމާއި އެތަކެތި އޮފީހަށް ގެނެސް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުން.
  3. އޮފީހުގެ ކުޑަދޮރުތަކާއި އުސްތަންތަން ސާފުކުރުމާއި، ހޮޅިބުރި ފަދަ ތަކެތި ބަދަލުކުރުން ފަދަ މެއިންޓެނަންސް މަސައްކަތްތައް ކުރުން.
  4. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. (މި ފޯމު މި ބިޔުރޯއިން އަދި މިބިޔުރޯގެ ވެބްސައިޓް www.nbc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓު ލިބިފައިވާނަމަ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ  އަސްލާ އެއްގޮތްކަމުގެ ކޮޕީ.)
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާނަމަ ވަޒީފާ އަދާކުރި ނުވަތަ އެ ވަޒީފާ އަދާކުރާކަމުގެ ރަސްމީ ލިޔުމެއް. (އެ ވަޒީފާގެ މަސްއޫލިއްޔަތާއި، އެ ވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތު އަޚުލާޤު ހުރިގޮތް ބަޔާންކޮށް)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  6. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

އިތުރު މަޢުލޫމާތު:

  • ޝަރުޠު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މި މަޤާމަށް މުވައްޒަފުން ނެގޭނީ މި ބިޔުރޯއިން ކަނޑައަޅާ އިންޓަވިޔު ޕެނަލެއްގައި މި މަޤާމުގެ ވާޖިބު އަދާކޮށްދެވޭނެ ކަމަށް ސާބިތު ކޮށްދީ އިންޓަވިއު އިން ފާސްވުމުންނެވެ.
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިބިޔުރޯގެ 3312900 ނުވަތަ 3010754 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ސުންގަޑި:

16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަށް. (ވެލާނާގެ 05 ވަނަ ފަންގިފިލާ)

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

23 ޝައްވާލު 1435  

19 އޮގަސްޓް 2014