ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2022/21
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 04 އޭޕްރިލް 2022 12:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އާދަހަމަކުރުމާއި ގުޅޭ

ބިދޭސީންގެ ދަފްތަރު އާދަހަމަކުރުމާއި ގުޅޭ

                   ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގައި "ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރެއް" އޮންނަންވާނެ ކަމުގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވައިދުގެ ނަންބަރު: (2011/R-22 24) ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.

                  އެހެންކަމުން ކުމުންދޫގައި ވަޒީފާ އަދާކުރާ ފާރާތްތަކާއި އެފަރާތުގެ އާއިލާ އެއްވެސް މެމްބަރެއް ކުމުންދޫގައި ދިރިއުޅޭނަމަ އެފަރާތްތައް ދަފްތަރު ކުރުމަށް މީގެ ކުރިން ވެސް ވަނީ މިއިދާރަގެ ނަންބަރު (IUL)267/267/2019/48 (04 ޑިސެންބަރު 2019 ) އިޢުލާން އިން އެންގިފައެވެ.

                  ކުމުންދޫގައި ލިޔެކިޔުމަކާއި ނުލައި ދިރިއުޅޭ  އަދި މި ކައުންސިލްގައި ދަފްތަރު ނުކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން، ކުމުންދޫގައި ދިރި އުޅެމުންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން މި ކައުންސިލްގައި މިހާތަނަށް ދަފްތަރު ކުރެވިފައި ނުވާ ބިދޭސީ މަސައްކަތްތެރިން 04 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ދަފްތަރުކުރުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ބިދޭސީއަކު ގެނެސްފިނަމަ ރަޖިސްޓްރީކުރުމާއި ބިދޭސީއަކު ރަޖިސްޓްރީއިން އުނިކުރުމަށް ހުށަހެޅުމަށް އެދި ދެންނެވީމެވެ.

                  ދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ރަށުގައި މަސައްކަތްކުރާ ބިދޭސީން 04 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުއްވުމަށް ދަންނަވަމެވެ. ނުވަތަ ތިރީގައިވާ ލިންކުން އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ.

ލިންކް: https://forms.office.com/r/BgkjABEuaD

                  މި އެންގުމާއި ހިލާފަށް ކުމުންދޫގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި، އަމިއްލަ ފަރާތްތައް އަދި ބިދޭސީ މަސައްކަތް ތެރިން ދަފްތަރު ކުރުމަކާ ނުލައި ޤަވައިދާ ހިލާފަށް ގެންގުޅޭ ގެތަކުގެ ވެރި ފަރާތްތަކާ މެދުވެސް  ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ

އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 140 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރާނެ ކަމުގައި ދަންނަވަމެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 މާރިޗު 2022