ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2022/31 ނަންބަރު
އިޢުލާން
މި ކޯޕަރޭޝަނުގެ 2 ވަނަ ފަންގިފިލާގެ 2 މިޓިންގ ރޫމެއްގެ އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 08 މާރިޗު 2022 ގައި ކުރެވުނު އިޢުލާނަށް އެކަށީގެންވާވަރަށް ބިޑް ހުށަހެޅުމަށް ޙާޒިރުވެފައިނުވާތީ މި އިޢުލާން ނަންބަރ: (IUL)MMPRC-PRO/1/2022/21 ބާތިލް ކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗު 30 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 2022 އޭޕރީލް 06 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއިއެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.
20 ޝަޢުބާން 1443
23 މާރިޗު 2022