ދިވެހިރާއްޖެ
އެކްސްޓަރނަލް އޮޑިޓް ޙިދުމަތް ދޭނެ ފަރާތެއްހޯދުން
މި ކޯޕަރޭޝަންއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، އެކްސްޓަރނަލް އޮޑިޓްގެ ޙިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިޙިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ، މި ބާވަތުގެ މަސައްކަތްތައް ކުރައްވާ އަދި ތަޖުރިބާ ލިބިފައިވާ، އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާއިގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 29 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 29 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި އޮންނާނެއެވެ.
ސަމާލުކަން ދެއްވުމަށް: އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
އީމެއިލް އެޑްރެސް: [email protected]
އޮފީސް އެޑްރެސް: މ. އައިރިސް (7 ވަނަ ފަންގިފިލާ)، ފަރީދީގޯޅި، މާލެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.
22 މާރިޗް 2022މ.