ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)241-A/241/2022/8
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 30 މާރިޗު 2022 00:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރާގެ ރަސްމީ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިއިދާރާގެ ރަސްމީ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން.   

                            މިއިދާރާގެ އާ ލޯގޯ ފަރުމާކުރުމަށް ކުރެވުނު ނަންބަރ( 28-02-2022 ) (IUL)241-A/241/2022/3 އިޢުލާނާއި ގުޅިގެން ހުށަހެޅުނު ބިޑްތައް ބާޠިލްކުރެވިފައިވާތީ ގިނަ ބަޔަކަށް ފުރުޞަތު ހުޅުވުމުގެ ގޮތުން އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

                            ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 30 މާރޗް 2022ވާ ބުދަ  ދުވަހުގެ 13.00 ގެ ކުރިން    މިއިދާރާގައި ރަޖިސްޓްރި ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް )  (  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ .

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީ މެއިލް އެޑްރެސް .

ގުޅޭނެ މޮބަލް ނަންބަރ.

                            ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ލޯގޯ ހެދުމާއި ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 05 އެޕްރީލް2022 ވާ އަންގާރަ ދުވަހުގެ 13:00ގައެވެ. ގއ. އަތޮޅުކައުންސިލް އިދާރާގައެވެ.  ލޯގޯ ފަރުމާކޮށްދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 10 އެޕްރީލް 2022ވާ އާދީއްތަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ

                             މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. ލޯގޯ ފަރުމާކުރުމުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ. ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

  • ހުށަހަޅާ އަގަށް                    50%
  • މާލީ ތަނަވަސްކަން                  15%
  • ހުށަހަޅާ ޑިޒައިނަށް                  35%  

                             މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .

                             19 ޝައުބާން    1443ހ.     

                            22   މާރޗް    2022 މ.

                                                                            

22 މާރިޗު 2022