މަސައްކަތް
ނަންބަރު: (IUL)245/245/2022/12
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 05 އޭޕްރިލް 2022 13:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރުމާބެހޭ

`

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން، ދިވެހިރާއްޖެ

 

                                                  ނަންބަރ:245/245/2022/12(IUL)

އިޢުލާން

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    

ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރުމާބެހޭ

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިރަށު ހިނަވާގެއާއި ހިނަވާގޭ ގޯއްޗާއި، ޤަބްރެސްތާން ސާފުކޮށް  ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތުގެ މުއްދަތަކީ މީލާދީ 1 އަހަރު ދުވަހެވެ.  

ވީމާ މިމަސައްކަތަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 ރަޖިސްޓްރީ ކުރުން

27 މާރޗް 2022، 13:00 ގެ ނިޔަލަށް ރަސްމީގަޑިތަކުގައި ކައުންސިލް އިދާރާއަށް ދުރުވެ ނުވަތަ

ކައުންސިލްގެ މެއިލް [email protected]  އަށް މެއިލް ފޮނުވައިގެން.

 މަޢުލޫމާތު ސާފުކުރުން

28 މާރޗް 2022، 13:00 (އުލިގަމު ކައުންސިލްގެ އިދާރާގައި)

އަންދާސީ ހިސާބު ހުށަހެޅުން

05 އެޕްރީލް 2022، 13:30 (އުލިގަމު ކައުންސިލްގެ އިދާރާގައި)

 

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންވާނީ އައި.ޑީ ކާޑުގެ އަސްލު ހިއްޕަވައިގެންނެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީއަކުން އަންގަވަންވާނެއެވެ. މިމަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، އަންދާސީ ހިސާބު ހުށަހަޅުއްވަން އޮންނަ ގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، އަންދާސީ ހިސާބުތައް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

                  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6500036 ފޯނާ ގުޅުއްވުން އެދެމެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                      

                  19 ޝަޢުބާން 1443

                  22 މާރޗް 2022

 

22 މާރިޗު 2022