ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2022/131
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 31 މާރިޗު 2022 00:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - 2021 ވަނަ އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރުމަށް ބާއްވާ އާރޓް މުބާރާތް

އިޢުލާން

 

2021 ވަނަ އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރުމަށް ބާއްވާ އާރޓް މުބާރާތް

       2021 ވަނަ އަހަރުގެ އޯޒޯން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އިން ކުރެހުމާއި، ފޮޓޯ ނެގުމުގެ މުބާރާތެއް ވަނީ ފަށާފައެވެ. މި މުބާރާތުގެ މައިގަނޑު މަޤުޞަދަކީ އޯޒޯން ފަށަލައަށާއި ތިމާވެއްޓަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. 02 އުމުރު ފުރާއަކަށް (15 އަހަރުން ދަށުގެ އުމުރުފުރާ އަދި 15 އަހަރުން މަތީގެ އުމުރުފުރާ) ބަހާލެވިގެން ބޭއްވޭ މި މުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ ގްރެފިކް ޑިޒައިން، ކުރެހުމާއި އަދި ފޮޓޯގްރަފީއެވެ.

މި މުބާރާތުގައި ބައިވެރިކުރަން ބޭނުންވާ އުފެއްދުންތައް ހުށަހަޅުއްވަން ވާނީ އޮންލައިންކޮށް www.ozone2climate.org  މި ވެބްސައިޓް މެދުވެރިކޮށެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތު ވެސް މި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި މުބާރާތައް ތަކެތި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

    ވީމާ މިފަންނުތަކުން ކުރިޔަށްދިއުމަށް ޝައުޤުވެރިވާ އައްޑޫގެ ހުރިހާ ޒުވާނުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

 

19  ޝަޢުބާން  1443

22  މާރިޗް    2022

22 މާރިޗު 2022