މަސައްކަތް
ނަންބަރު: (IUL)170-PR/170/2022/70
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 20:00
ސުންގަޑި: 31 މާރިޗު 2022 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ހެދުމަށް ހަމަޖެހިފައިވަ މޫޓް ކޯޓަށް ބޭނުންވާ ފަރުނީޗަރުތައް ހެދުމާއި އެހެނިހެން އިންޓީރިއާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ހެދުމަށް ހަމަޖެހިފައިވަ މޫޓް ކޯޓަށް ބޭނުންވާ ފަރުނީޗަރުތައް ހެދުމާއި އެހެނިހެން އިންޓީރިއާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިންދޭ މަޢުލޫމާތާއި އެއްގޮތަށް ޔުނިވަރސިޓީގެ 06 ވަނަ ފަންގިފިލާގައި މޫޓް ކޯޓެއް ހެދުމަށް ބޭނުންވާ ފަރުނީޗަރުތައް ހެދުމާއި މޫޓް ކޯޓުގެ އެހެނިހެން އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޕްރީބިޑް ބައްދަލުވުން އަދި ބީލަން ހުޅުވުން.

މި އިޢުލާން އާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

ޕާފޯމަންސް ގެރެންޓީ

މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި  ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން

27 މާރިޗް  2022 13:00 ގައި

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

30 މާރިޗް 2022 14:00އަށް

އަންދާސީ ހިސާބު ހުށަހެޅުން

31 މާރިޗު 2022ގެ 12:00 އަށް

21 މާރިޗު 2022