މަސައްކަތް
ނަންބަރު: 373-B2/2014/38
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 10 ސެޕްޓެންބަރު 2014 14:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ވަށާފާރު ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހޯދުން

ފ. ދަރަނބޫދޫ ފުޓްބޯޅަދަނޑުގެ ވަށާފާރު ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން، 2014 އޮގަސްޓު 04 ގައި ކުރި މިއިދާރާގެ ނަންބަރު: B2/2014/35-ފ373 އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2014 ސެޕްޓެންބަރު 16 ވަނަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2014 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 14:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014