ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)7-ADMN/1/2022/32
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 04 އޭޕްރިލް 2022 10:30
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޓީވީއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮފީހަށް ސްމާޓް ޓީވީއެއް ހޯދުމަށް ކުރެވުނު ނަންބަރު   (IUL)7-ADMN/1/2022/32(10 ޖަނަވަރީ 2022) އިޢުލާނުގެ މަޢުލޫމަތު ކަރުދާހަށް ބަދަލުތަކެއް ގެނެސް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ޢަދަދު

އައިޓަމް

1

100 އިންޗި4k  ސްމާޓް ޓީވީއެއް، ފާރުގަ ހަރުކުރާ ބްރެކެޓާއެކު

 

ބިޑް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2022 މާރިޗު 28 ވާ ހޯމަ ދުވަހުގެ 10:30 މި އޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 2022 އޭޕްރީލް 4 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

21 މާރިޗު 2022