މަސައްކަތް
ނަންބަރު: (IUL)38-AD/38/2022/90
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 31 މާރިޗު 2022 11:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އިންތިޚާބުތަކުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ 03 ކޯހެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

 (IUL)38-AD/38/2022/90 :ނަންބަރު 

 

 

އިޢުލާނު

 

އިންތިޚާބުތަކުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ 03 ކޯހެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

އިންތިޚާބުތަކުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ 03 ކޯހެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 މާރިޗް 06 ވީ އާދީއްތަ ދުވަހު ކުރެވުނު ނަންބަރު
(IUL)38-AD/38/2022/70 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ 2022 މާރިޗް 31 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2022 މާރިޗް 30 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

21 މާރިޗު 2022