ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅުކައުންސިލްގެ އިދާރާ
ކ. ތުލުސްދޫ
ދިވެހިރާއްޖެ އިޢުލާން ނަންބަރ: (IUL)232-AG/232/2022/8
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މާލެއަތޮޅު އަތޮޅު ކައުންސިލުގެ އިދާރާއަށް އޮންލައިން މީޑިއާ ޕާޓްނަރެއް ހޯދުން
މާލެއަތޮޅު އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލުން ހިންގާ ހަރަކާތްތަކާއި ތަރައްޤީގެ މަޝްރޫޢުތަކާއި މި ނޫނަސް ރަށާ ގުޅޭ އިވެންޓްތަކާއި އިޖުތިމާޢީ ރިޕޯޓްތަކާއި ޚަބަރު ފަދަ ކަންކަން އާންމުންނާއި ހަމައަށް ގެނެސްދިނުމުގެ މަގުޞަދުގައި އޮންލައިން މީޑިއާ ޕާޓްނަރޝިޕް ދަށުން މަސައްކަތްކުރާނެ މީޑިޔާތަކެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީކުރުމާއި މަޢުލޫމާތު ދިނުން
- 24 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 04 އޭޕްރީލް ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށް.
- ރަޖިސްޓްރީކުރުމަށްޓަކައި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] ނުވަތަ މިއިދާރާގެ ފޯނު ނަންބަރު 6644234 އަށް ގުޅުއްވުން އެދެމެވެ.
- މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
- ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.
ބީލަން ހެށަހެޅުން
- 20 އޭޕްރީލް 2022 ވާ ބުދަދުވަހުގެ 11:00 އަށް.
- ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަންް އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
- ބީލަން ހުށަހަޅުއްވާނީ މާލެއަތޮޅު އަަތޮޅު ކައުންސިލްގެ އިދާރާއަށެވެ.
މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.
18 ޝަޢުބާން 1443
21 މާރޗް 2022