މަސައްކަތް
ނަންބަރު: (IUL)353/2022/11
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 24 މާރިޗު 2022 13:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ބައެއް މަރާމާތު

 

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް/ ދިވެހިރާއްޖެ.

ނަންބަރު:353/2022/11  (IUL)

އިޢުލާނު

 

ކައުންސިލް އިދާރާގެ ބައެއް މަރާމާތު

އދ. ދިގުރަށު ކައުންސިލް އިދާރާގެ ބައެއް މަރާމާތުތައް ކުރަން ބޭނުންވެގެން ކުރި ނަންބަރު: 353/2022/9 (IUL) (1މާރިޗް 2022) އިޢުލާނާގުޅިގެން ލިބުނު ތަރުޙީބު ކުޑަކަމާއެކު، އެ އިޢުލާނު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަކީ ވަރަށް އަވަހަށް ކުރަން ބޭނުންވާ މަސައްކަތަކަށްވާތީ، އެއްފަރާތުން ބީލަން ހުށަހެޅިނަމަވެސް، އެކަށީގެންވާ އަގެއްނަމަ އެފަރާތާ މަސައްކަތް ޙަވާލުކުރެވޭނެއެވެ. މި މަސައްކަތް ކުރުމަށް ކުރިން ކުރި އިޢުލާނާގުޅިގެން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ.

ބީލަމާބެހޭ އިތުރު މަޢުލޫމާތު

  1. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ، ކުންފުނި ނުވަތަ ވިޔަފާރިއެއްގެ ނަމުގައެވެ.
  2. މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 23 މާރިޗު 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ-/100 ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުށަހަޅުއްވާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ. ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  3. ބީލަން ހުށަހަޅާ ފޯމާއެކު، ބީލަމަށް ޒިންމާވާނެ (ކުންފުނީގެ ނުވަތަ ވިޔަފާރީގެ) ވެރިއެއްގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  4. މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމު މިއަދުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާއިން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17 ޝަޢުބާން 1443

20 މާރިޗު 2022

 

(ސޮއި)

އިބްރާހީމް ޢަބްދުއްރަހީމް

ކައުންސިލްގެ ނާއިބުރައީސް

20 މާރިޗު 2022