ދިވެހިރާއްޖެ
ނަމްބަރ:GS-203/IUL/2022/05
ތާރީޚް: 21 މާރިޗު 2022
ނީލަން ކިޔުން
ނީލަމާއިބެހޭ މަޢުލޫމާތު
މިއިދާރާގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 05 އޭޕްރީލް 2022 ވާ އަންގާރަ ދުވަހު މެންދުރު 14:30 ގައި ހޯނޑެއްދޫ ސުކޫލް ގައެވެ. ނީލަމުގައި ނަގާ ތަކެތި ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ކޯޑް |
މުދާ |
ރޭޓް |
އަދަދު |
ނީލަން ކިޔަން ފެށޭނެ އަގު |
ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމަ ކުޑަ އަގު |
HSN001 |
މޮނޓަރ |
10.00ރ |
8 |
10.00ރ |
20.00ރ |
HSN002 |
ސީ.ޕީ.ޔޫ |
10.00ރ |
6 |
10.00ރ |
20.00ރ |
HSN003 |
ސީލިންގް ފަންކާ |
10.00ރ |
8 |
10.00ރ |
20.00ރ |
HSN004 |
ކީބޯޑު |
50.00ރ |
6 |
50.00ރ |
20.00ރ |
HSN005 |
އޭ.ސީ |
10.00ރ |
3 |
10.00ރ |
20.00ރ |
HSN006 |
ރެފްރިޖަރޭޓަރ |
10.00ރ |
1 |
10.00ރ |
20.00ރ |
HSN007 |
ލެމިނޭޓް މެށީން |
10.00ރ |
1 |
10.00ރ |
20.00ރ |
HSN008 |
ޓީ.ވީ |
100.00ރ |
1 |
100.00ރ |
20.00ރ |
HSN009 |
ވީ.ސީ.އާރ |
100.00ރ |
1 |
100.00ރ |
20.00ރ |
HSN010 |
ޑީ.ވީ.އާރ |
10.00ރ |
1 |
10.00ރ |
20.00ރ |
ނީލަންކިޔުމުގެ އުސޫލު
- ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
- ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
- ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
- ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި ސުކޫލަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ހެނދުނު 08:00 އިން 14:00 އާއި ދެމެދު 7983089 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރުން އެދެމެވެ.