ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)313-PP/313/2022/32
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި:
04 އޭޕްރިލް 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
`
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ކުޑަރިކިލު، ދިވެހިރާއްޖެ
Secretariat of the Kudarikilu Council, South Maalhosmadulu
Kudarikilu, Rep of, Maldives
(IUL)313-PP/313/2022/32 :ނަންބަރު
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް
|
ސުޕަވައިޒަރު (ދިވެހި)
|
މުސާރަ
|
މަހަކު -/7000 ރުފިޔާ
|
އިތުރު އިނާޔަތްތައް
|
ޙާޞިރީ އެލަވަންސް މަހަކު -/1000 ރުފިޔާ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ގަޑިއަކަށް -/20 ރުފިޔާ
|
ބޭނުންވާ ތަން
|
ކުޑަރިކިލު ވޭސްޓް މެނޭޖްމަންޓް ސެންޓަރ
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމްގެ ގިންތި
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
މަސައްކަތްކުރަންޖެހޭ ވަގުތު
|
08 ގަޑިއިރު
|
ތަޢުލީމް
|
އަސާސީ ތަޢުލީމީ ފެންވަރު
|
މަޤާމްގެ މައިގަނޑު މަސްޢޫލިއްޔަތު
|
މައިގަނޑު މަސްޢޫލިއްޔަތު
- ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ވަކި ވަކި ގެތަކުން ކުނި ނެގުމާއި ކުނި މެނޭޖްކުރުމުގައި ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ ސްޓާފުން ސުޕަވައިޒްކުރުން
- ކުނި ނެގުމަށްފަހު ކުނި ނެގުމަށް ބޭނުންކުރި ޑަސްބިންތައް ފޮޅާ ސާފްކޮށް ބެލެހެއްޓޭތޯ ބަލާ ޗެކްކޮށް ކައުންސިލްގެ އިދާރާއަށް ރިޕޯޓް ކުރުން
- ދުވަހުން ދުވަހަށް ނައްތާލަންޖެހޭ ކުނި ކައުންސިލްއިން އަންގާގޮތެއްގެ މަތިން ނައްތާލުން
- ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ މުވައްޒަފަކް ޗުއްޓީގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފެއްގެ މަސްޢޫލިއްޔަތުތައް އަދާކުރުން
- ކުނި ނެގުމާއި ގުޅޭގޮތުން ކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެ މަތިން ރިޕޯޓެއް އެކުލަވާލައި ކައުންސިލްގެ އިދާރާއަށް ހިއްސާކުރުން
- ވޭސްޓްމެނޭޖްމެންޓް ސެންޓަރު ކުނި ކަހާ ވިނަ ނޮޅާ ސާފްކޮށް ބެލެހެއްޓުން
- ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ އިދާރާގެ މަސައްކަތުގެ ދާއިރާއިން ހަވާލްކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން
- ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ މަސައްކަތްތަކުގައި މުވައްޒަފުންނަށް އިރުޝާދު ދިނުން
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒްކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަރވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލްގެ އިދާރާއަށް ފުރިހަމައަށް ޖަވާބްދާރީ ވުން
|
ސިޓީއާއިއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ފޯނު ނަންބަރ)
- ވެހިކަލް ދުއްވުމުގެ ޤާބިލްކަން ހުރުމާއިއެކު ޕިކަޕް ދުއްވުމުގެ ލައިސަންސްގެ ކޮޕީ
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑީ
|
މި މަޤާމަށް ކުރިމަތިލުމަށް ޝައުޤްވެރިވާ ފަރާތްތަކުން 04 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަކުރެއްވުމަށްފަހު މިކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 10 އޭޕްރިލް 2022 އާއި 12 އޭޕްރިލް 2022 އާއި ދެމެދު، ކުޑަރިކިލު ކައުންސިލް އިދާރާގައެވެ. އިންޓަވިއު ބޭއްވޭ ސީދާ ތާރީޚެއް ފަހުން އެންގޭނެއެވެ.
|
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޝަޢުބާން 1443
21 މާރޗް 2022