ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)A-385/2022/02
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 28 މާރިޗު 2022 12:00
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރއެއް ހަމަޖެއްސުމަށްޓަކައި މީހަކު ހޯދުން

މިއިދާރާއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކާ ދުއްވުމުގެ ޓެސްޓްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި އެގްޒަމިނަރ ގެ ކޮންޓެކްޓް މުއްދަތު މިހާރު ހަމަވެފައިވާތީ، އަލުން އެގްޒަމިނަރ އެއް ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:       އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އެގްޒަމިނަރ

ބޭނުންވާ ޢަދަދު : 01 (އެކެއް)

އުޖޫރަ :      ޓެސްޓަށް ދުއްވާ ކޮންމެ ފަހަރަކަށް: 2 ފުރޮޅުލި އުޅަނދެއްނަމަ 15.00 ރުފިޔާ އަދި 4 ފުރޮޅުލި އުޅަނދެއްނަމަ 25.00 ރުފިޔާ ގެ އުޖޫރައެއް ލިބޭނެއެވެ.

ޝަރުތު

  1. އެއްވެސް ޑްރައިވިންގ ސްކޫލެއް ހިންގާ ނުވަތަ އެފަދަ ސްކޫލަކާއި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.
  2. ފާއިތުވި 05 (ފަސް) އަހަރު ދުވަހުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާޢިދާއި ޚިލާފްވުމުގެ އެއްވެސް ރެކޯޑެއް މޯލްޑިވްސް ޕޮލިސް ސަރވިސަސްގައި އޮތްފަރާތެއްކަމުގައި ނުވުން. (ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ޕޮލިސް ރިޕޯޓް)
  3. ޓްރާންސްޕޯޓް އޮތޯރިޓީ ނުވަތަ އެ އޮތޯރިޓީ މަސައްކަތް ހިންގާ އިދާރާގައި ވަޒީފާ އަދާކުރާ ފަރާތެއް ކަމުގައި ނުވުން.
  4. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.

            ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީތަށް އެނގޭނެ ލިޔުމަކާއި، އަދި ލައިސަންސްގެ އަސްލު، އެފަރާތުގެ އައި ޑީ ކާޑުގެ ފޮޓޯކޮޕީއާއި، ވޭތުވެދިޔަ 05 އަހަރުދުވަހުގެ ޕޮލިސް ރިޕޯޓް 2022 މާރިޗު 28 ވާ ހޯމަ ދުވަހު 12:00 ގެކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21 މާރިޗު 2022