ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2022/27
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:57
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 34 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 34

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

16 މާރިޗު 2022

ބައްދަލުވުން ބޭއްވި ގަޑި:

11:45

 

ނިންމުންތައް

  1.    ސިނާއީ ސަރަހައްދުން އަޙްމަދު ޝަފީޤްއަށް ދޫކުރެވިފައިވާބިން އެދިފައިވާ ގޮތުގެމަތީން އެހެން ފަރާތަކަށް ބަދަލުކުރެވެން ނެތްކަމަށާއި ބިމާއި ގުޅޭގޮތުން އަޙްމަދު ޝަފީޤްއާއި ކައުންސިލްގެ ކުރީގެ 2 މެމްބަރުން މުޙައްމަދު ޣިޔާޘް އަދި ޙަސަން ރިޔާޞް އާއި ބައްދަލުކޮށް ބިމުގެ މައުލޫމާތު ސާފުކުރުމަށާއި އަދި މިހިނދަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވާނަމަ ބިމުގެ މުއްދަތު އިތުރުކުރުމަށް ނިންމުނު.
  2. ޕްރީސްކޫލް 2 ޓީޗަރުން ނެގުމަށް ކައުންސިލުން ނިންމާފައިވާ ނިންމުން ދެމެހެއްޓުމަށާއި އެގޮތުން 2 ޓީޗަރުން ހޯދުމަށް އިއުލާނުކުރުމަށް އަދި ޓީޗަރުންގެ މުސާރައަށްވާ ފައިސާ ބަޖެޓްގެ ތެރެއިން ހަމަޖެއްސުމަށް ނިންމުނު.

 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

16 މާރިޗު 2022