ޢާންމު މަޢުލޫމާތު
ނަންބަރު: TTAM/IUL/2022/005
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި:
24 މާރިޗު 2022 00:00
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2022 ވަނަ އަހަރީ އާންމު ޖަލްސާ
މި އެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އާއި ގުޅޭގޮތުން 07 މާރޗް 2022 ގައި ކުރެވުނު އިއުލާން ނަންބަރު TTAM/IUL/2022/004އާއި ޙަވާލާދީ ދަންނަވަމެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންލައިންކޮށް ބޭއްވުމުގެ ބަދަލުގައި ހާޞިރުވެގެން މާރޗް 24 2022ވާ ބުރާސްފަތި ދުވަހު ހަވީރު 16:30 ގައި ބޭއްވުމަށް ނިންމައި އެކަން ހުރިހައި މެމްބަރުންނަށް އަންގައި އިއުލާން ކުރީމެވެ. މި ޖަލްސާ ހާޒިރުވެގެން ބާއްވަން ނިންމީ އެޗް.ޕީ.އޭ ގެ އެންމެ ފަހު އެންގުމަށް ރިއާޔަތްކޮށެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3314014 ނަންބަރާއި ގުޅުއްވުން އެދެމެވެ.
21 މާރިޗު 2022