ދިވެހިރާއްޖެ
ބަރަކާތްތެރި ރަމަޟާން މަހުގެ ރޫޙާއިއެއްގޮތް ވާގޮތުގެ މަތިން ޚާއްސަކޮށް އެމަސް ފާހަގަ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ބާއްވާ "މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތާއި އަދި ޤުރުއާން މުބާރާތް 1443" ގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކޮށް ދިނުމަށް ވަރަށް ގިނަ ބެލެނިވެރިން އެދެމުން އެބަގެންދަވައެވެ.
ވީމާ، އިތުރު ފުރުޞަތު ދިނުމުގެ ގޮތުން މިއަދުން ފެށިގެން އިތުރު 2 ދުވަސް އިތުރު ކުރެވިފައިވާ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. މި ހުޅުވާލި ފުރުޞަތުގައި އޮންލައިންކޮށް ފޯމް ހުށަހެޅޭނެއެވެ.
މި ދެމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ އުޞޫލު މާލޭސިޓީ ކައުންސިލްގެ ވެބްސައިޓުން https://malecity.gov.mv/announcements/36 https://malecity.gov.mv/announcements/37 އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުތާރީޚް އަކީ 22 މާރޗް 2022 ވާ އަންގާރަދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި އޮންލައިކޮށް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން މާލޭސިޓީ ކައުންސިލްގެ އީމެއިލް [email protected] އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.