މަސައްކަތް
ނަންބަރު: (IUL) 100-CA1/1/2014/04
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 04 ސެޕްޓެންބަރު 2014 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
2014 ގެ ބޯހިމެނުމުގެ އަމަލީ މަސައްކަތްކުރުމަށް ބޭނުންވާ މީހުން ހޯދުން

ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2014 ވަނައަހަރުގެ ސެޕްޓެންބަރު 20 ން 27 އަށް މުޅިރާއްޖޭގައި ހަރަކާތްތެރިވާނެ އިތުރު 150 އެނިއުމަރޭޓަރުން ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތްކުރުމަށް ޙަރަކާތްތެރިވުމަށް ބޭނުންވާ މީހުން ހޯދުމުގެ މަސައްކަތަށް އެކިފަހަރުމަތިން އިޢުލާންކޮށް ހޯދިފައިވާ އެނިއުމަރޭޓަރުންގެ ތެރެއިން ތަފާތު އެކިސަބުތަކާހުރެ މިމަސައްކަތުގައި ބައިވެރިވެވެން ނެތުމުން އިތުރަށް އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިބުރުގައިހޮވޭ ފަރާތްތަކަށް ބޯހިމެނުމުގެ ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރުު މަހުގެ 9 ،10، 11، ގެ އިތުރުން  12 ސެޕްޓެންބަރު 2014 ވާ ހުކުރު ދުވަހުގެ މެންދުރުފަހުގެ 3:30 ން 9:30 އަށް އަދި 13 ސެޕްޓެންބަރު 2014 ވާ ހޮނިހިރުދުވަހުގެ ހެނދުނު 9:00 ން 3:00 އަށެވެ.

ވީމާ، ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި  އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް 4 ސެޕްޓެންބަރުު 2014 ގެ 12:00 ގެ ކުރިން ހުށަހަޅައިދެއްވުމަށް ދެންނެވީމެވެ. އަދި މިމަސައްކަތަށް މީހުން ހޮވުމުގައި މީގެ ކުރީއަހަރުތަކުގެ ބޯހިމެނުން އަދި ސަރވޭ ފަދަ ކަންކަމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި މިގޮތުން އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 150 ފަރާތަށް އިސްކަންދީ، ފޯމު ބަލައިގަތުން ހުއްޓާލެވޭނެވާހަކަ ދަންނަވަމެވެ.

ބޯހިމެނުމުގެ މުއްދަތުގައި މިމަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިމަސައްކަތް ނިމުމަށްފަހުގައެވެ. މިގޮތުން ބޯހިމަނާ މުއްދަތުގައި ފުރިހަމައަށް މަސައްކަތްކުރާ ފަރާތްތަކަށް ހުރިހާ އެލަވަންސެއް އެއްކުރުމުން ޖުމުލަ -/4000 ރުފިޔާ ލިބޭނެއެވެ. މީގެތެރޭގައި ހިމެނެނީ:

  • ބޯހިމެނުމުގެ ތަމްރީނު ލިބުމަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ (ހަމައެކަނި ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް)
  • މިމަސައްކަތުގައި ހޭދަކުރާ ގަޑިއިރަކަށް -/35 ރުފިޔާ ދެވޭނެއެވެ.
  • ބޯހިމެނުމުގެ މަސައްކަތަށް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވާންޖެހޭ ހުރިހާ ގަޑިތަކަށް ގަވާއިދުން ހާޒިރުވި ފަރާތްތަކަށް ބޯނަސް އެލަވަންސެއްގެ ގޮތުގައި -/300 ރުފިޔާ ދެވޭނެއެވެ.
  • އަދި ފީލްޑްގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މިމުއްދަތުގައި ކޮންމެ ދުވަހަކަށް -/20 ރުފިޔާގެ ފޯނު އެލަވަންސެއް އަދި ފުޑް އެލަވަންސަށް ކޮންމެ ދުވަހަކު -/60 ރުފިޔާ ދެވޭނެއެވެ.

1- މިގޮތުން ބޯހިމެނުމުގެ އެލަވަންސް ދޭއިރު:

  • މާލޭގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޯހިމެނުމުގެ މަސައްކަތް ނިމުމުން ހާޒިރީއަށް ބަލައި، ޗެކްކުރުމަށްފަހު ޙަރަކާތްތެރިވި ފަރާތްތަކަށް އެލަވަންސް ހަވާލުކުރެވޭނެއެވެ.
  • ބޯހިމެނުމުގެ ތަމްރީނު ލިބިފައިވާ މީހަކު އެއްވެސް އުޒުރަކާ ހުރެ ބޯހިމެނޭ ދުވަސްވަރު ޙަރަކާތްތެރިވެވަޑައިގެންނެވެން ނެތްނަމަ، ތަމްރީނުގެ އެލަވަންސެއް އެބޭފުޅަކަށް ނުލިބޭނެއެވެ. އަދި މަސައްކަތަށް ނުނިކުންނަ ދުވަހެއްނަމަ އެދުވަހެއްގެ އެލަވަންސެއް ނުލިބޭނެއެވެ.

2- ބޯހިމެނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޯހިމެނުން ނިމުމުން މިކަމުގައި ބައިވެރިވިކަމުގެ ހަނދާނީ ލިޔުމެއް ހަވާލުކުރެވޭނެއެވެ.

  އަދި މި އިތުރު މަޢުލޫމާތު މިބިއުރޯގެ ފޯނު ނަންބަރު 3349480، 3349477 ނުވަތަ 3349484 އިން ލިބިވަޑައިގަންނަވާނެއެވެ.

28 އޮގަސްޓް 2014