ދިވެހިރާއްޖެ
ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ އެހީތެރިކަމާއެކު މިމިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއްކަމުގައިވާ "އިންކްރީސިންގ ކްލައިމެޓް ޗޭންޖް ރިސީލިއަންސް އޮފް މޯލްޑިވްސް ތްރޫ އެޑެޕްޓޭޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" – ޓެޕް ޕްރޮޖެކްޓަށް އެނިމޭޝަން ވީޑިއޯއެއް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)88-IIHR/1/2014/16) ގެ އިޢުލާނު ބާޠިލުކޮށް، މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް މިމަސައްކަތާގުޅޭ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޓާރމްސް އޮފް ރިފަރެންސް، މިނިސްޓްރީއާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިމަސަތްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުއްވުމަކީ އެދެވިގެންވާ ކަމެކެވެ.
ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް ޓޫރިޒަމް
ހ. ވެލާނާގެ ، 5 ވަނަފަންގިފިލާ
އަމީރުއަޙުމަދުމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 3224 332332، ފެކްސް 2512 332
މެއިލް:[email protected]
ވެބްސައިޓް:www.tourism.gov.mv