ބީލަން
ނަންބަރު: (IUL)274/INDIV/2022/32
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 29 މާރިޗު 2022 13:30
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ މަސްޖިލު ތަޢުބާގެ އިސްކުރުބަރި މަރާމާތުކުރުން

އިޢުލާން

ބީލަން ހުށައެޅުމުގެ ދަޢުވަތު

          ށ.ފޭދޫ މަސްޖިދުލް ތަޢުބާގެ އިސްކުރުބަރި މަރާމާތުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)274/INDIV/2022/27އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑަކީ އެމަސައްކަތަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު އަދަދެއްގެ ބިޑަކަށް ވާތީ، އެ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

  1. މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފޭދޫ މަސްޖިދުލް ތަޢުބާގެ އިސްކުރުބަރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތައް ބީލަންހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި،އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި،ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (01/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
  2. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަކުރެއްވުމަށްފަހު 23 މާރިޗު 2022 ވާ ބުދަދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދެންނެވީމެވެ.
  3. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 މާރިޗް 27 ވާ އާދިއްތަދުވަހުގެ 13:00ގައި މިއިދާރާގެ މީޓީންގްރޫމުގައި އޮންނާނެއެވެ.
  4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 މާރިޗް 29 ވާ އަންގާރަ ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގްރޫމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި،އިޢުލާން ނަމްބަރާއި،ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހުގެ 13:30ގައެވެ.

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ

ފޭދޫ ކައުންސިލްގެ އިދާރާ

ފޯނުނަމްބަރ.

ވެބްސައިޓް

އީމެއިލް

6540045

www.feydhoo.gov.mv

[email protected]

20 މާރިޗު 2022